ކ. މާލެ
|
15 އޯގަސްޓް 2021 | އާދީއްތަ 22:36
ރ.ދުވާފަރު
ރ.ދުވާފަރު
އުނގޫފާރު އޮންލައިން
ދުވާފަރުގެ ކޮވިޑް-19ގެ ހާލަތު
ފާއިތުވި 24 ގަޑިއިރު ދުވާފަރުން ޕޮޒިޓިވް ކޭސްއެއް ނުފެނޭ، އަދި 18 މީހަކު ބަލިން ރަނގަޅުވެފައިވޭ
 
އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 25ވަނަ ދުވަހު
 
މިހާތަނަށް 745 މީހަކު ޕޮޒިޓިވްވެ, 586 މީހަކު ބަލިން ރަނގަޅުވެފައިވޭ
 
155 އެކްޓިވް ކޭސް ހިމެނޭ

ފާއިތުވި 24 ގަޑިއިރު ރ. ދުވާފަރުން އިތުރު ޕޮޒިޓިވް ކޭސްއެއް ފެނިފައިނުވާ ކަމަށާއި 18 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެރަށުގެ ސިއްހީ މަރުކަޒުން ބުނެފިއެވެ.

ދުވާފަރު ސިއްހީ މަރުކަޒުން ބުނީ ހުކުރު ދުވަހުގެ ރޭ 11:59ން ހޮނިހިރު ދުވަހުގެ ރޭ 11:59ށް 46 ސާމްޕަލް ނަގާފައިވާ ކަމަށާއި, މިއިން އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައިނުވާ ކަމަށެވެ.

ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 745 މީހަކު ޕޮޒިޓިވްވެ, އަދި 586 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި 155 މީހުން ހިމެނޭއިރު، 04 މީހަކު ބަލީގައި ނިޔާވެފައިވެއެވެ. ސިއްހީ މަރުކަޒުން ބުނީ ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޓެސްޓު ކުރުމަށް އެދޭ ކަމަށެވެ.

ސާމްޕަލިންގެ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދޭކަމަށާއި، މިހާތަނަށް 5110 ސާމްޕަލެއް ނަގާފައިވާކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ. އަދި 127 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭކަމަށް ވެސް އެމަރުކަޒުން ބުނެފައިވެއެވެ.

ދުވާފަރުގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިފިޔަވަޅުތަކާ އެއްގޮތަށް ހުރިހާ ރައްޔިތުން އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން މާސްކް އެޅުމަށާއި، އިޖްތިމާއީ ގައިދުރުކަމަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

މިހާތަނަށް މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސްވީ ރަށަކީ ވެސް ދުވާފަރެއެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
50%
0%
0%
50%
0%
ކޮމެންޓް