ކ. މާލެ
|
15 އޯގަސްޓް 2021 | އާދީއްތަ 13:24
ގޭސް ސިލިންޑަރު ގޮވި ގުދަނުގެ އެތެރެ،
ގޭސް ސިލިންޑަރު ގޮވި ގުދަނުގެ އެތެރެ،
އެމްއެންޑީއެފް
ގޭސް ސިލިންޑަރެއް ގޮވުން
ގޭސް ސިލިންޑަރެއް ގޮވައި ދެމީހަކަށް އަނިޔާވެއްޖެ
 
ގޮވާފައިވަނީ އެފްއެމް200 ގެ ސިލިންޑަރެއް
 
އަނިޔާވީ ދިވެއްސަކާއި ބިދޭސީއަކަށް
 
މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:41 ހާއިރު

މާފަންނުގައި ހުންނަ ގުދަނެއްގެ ތެރޭގައި ގޭސް ސިލިންޑަރެއް ގޮވައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:41 ހާއިރުއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ ބިސްބުރު ކައިރީގައި ހުންނަ ވަގުތީ މިސްކިތް ކުރިމަތީގައި ހުރި ގުދަނަކުން ގޭސް ސިލިންޑަރެއް ގޮވާފައިވާ ކަމަށެވެ. އެއީ ފަޔާ އެކްސްޓިންގުއިޝާ ރައްކާކުރާ ގުދަނެއް ކަަމަށާއި، ގޮވާފައިވަނީ އެފްއެމް200 ގެ ސިލިންޑަރެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށާއި، އެ ދެމީހުންނަށް ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. މި ހާދިސާގައި ދިވެއްސަކާއި ބިދޭސީއަކަށް އަނިޔާވެފައިވާއިރު، އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

ގޭސްފުޅި ގޮވި ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި