ކ. މާލެ
|
15 އޯގަސްޓް 2021 | އާދީއްތަ 08:14
ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވި ޠާލިބާންގެ ބައެއް އިސްވެރިން
ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވި ޠާލިބާންގެ ބައެއް އިސްވެރިން
އަލްޖަޒީރާ
ޠާލިބާން - އަފްޣާން
ޠާލިބާނުންގެ ހަމަލާތައް ހުއްޓާލުމަށް ގަތަރުން ގޮވާލައިފި
ގައުމުތަކުން ވެސް ބުނެފައިވަނީ މިއީ އަވަހަށް ހައްލު ކުރަންޖެހޭ މައްސަލައެއް ކަމަށް
އެމެރިކާގެ އިންޓެލިޖެންސުން ބުނެފައިވަނީ ހުއްޓުމެއްނެތި ހަމަލާތައް ކުރިއަށްދާނަމަ 90 ދުވަހުގެ ތެރޭގައި ޠާލިބާނުން ކާބުލް، އެމީހުންގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް
ޠާލިބާނުން ވަނީ އަފްޣާންގެ ބޮޑު 3 ސިޓީއެއް ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައި

އަފްޣާނިސްތާނުގެ ސިޓީތައް ހިފައި އަތްގަދަކުރުމަށް ޠާލިބާނުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގަތަރުން ގޮވާލައިފިއެވެ.

ޠާލިބާންގެ އިސްވެރިންނާއެކު ގަތަރުގެ ފޮރިން މިނިސްޓަރު، ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތަކުގައި ގަތަރުންވަނީ، ހަމަލާތައް ހުއްޓާލައި، ސުލްހަ ގާއިމުކުރުމަށް ތާލިބާނުގެ އިސްވެރިންނަށް ގޮވާލާފައެވެ. ޠާލިބާންގެ ސިޔާސީ ބިއުރޯގެ އިސްވެރިޔާ މުއްލާ އަބްދުުލް ޣަނީއާއެކު، ގަތަރުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަޙްމާން އަލް-ތާނީ ބައްދަލު ކުރައްވާފައިވަނީ ދޯހާގައެވެ.

އެމެރިކާ، ޗައިނާ، ޕާކިސްތާން ޔޫއެން އަދި ޔޫރަޕިއަން ޔޫނިއަންގެ މަންދޫބުން ވެސް ވަނީ ޠާލިބާންގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސުލްހައިގެ މަޝްވަރާތައް ކުރައްވާފައެވެ. މި ގައުމުތަކުން ވެސް ބުނެފައިވަނީ މިއީ އަވަހަށް ހައްލު ކުރަންޖެހޭ މައްސަލައެއް ކަމަށެވެ. ޠާލިބާނުން ވަނީ އަފްޣާންގެ ބޮޑު 3 ސިޓީއެއް ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

އެމެރިކާގެ އިންޓެލިޖެންސުން ބުނެފައިވަނީ ހުއްޓުމެއްނެތި ހަމަލާތައް ކުރިއަށްދާނަމަ 90 ދުވަހުގެ ތެރޭގައި ޠާލިބާނުން ކާބުލް، އެމީހުންގެ ބާރުގެ ދަށަށް ގެންދާނެ ކަމަށެވެ. ބައްދަލުވުމުގެ ބައިވެރިންވަނީ އަފްޣާން އާރާސްތު ކުރުމަށް އެހީތެރި ވެދޭނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް