ކ. މާލެ
|
14 އޯގަސްޓް 2021 | ހޮނިހިރު 13:46
ރ.ދުވާފަރުގެ މަގެއް،
ރ.ދުވާފަރުގެ މަގެއް،
އެމްޓީސީސީ
ދުވާފަރުގެ ކޮވިޑް-19ގެ ހާލަތު
ދުވާފަރުން އިތުރު 13 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 745ށް
 
އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހު
 
މިހާތަނަށް 5064 ސާމްޕަލެއް ނަގާފައިވޭ، 84 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ
 
173 އެކްޓިވް ކޭސް ހިމެނޭ

ރ.ދުވާފަރުން އިތުރު 13 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 745ށް އަރައިފިއެވެ.

ދުވާފަރު ސިއްހީ މަރުކަޒުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 66 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 14 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 745 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި 568 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. 173 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، 04 މީހަކު ބަލީގައި ނިޔާވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ސިއްހީ މަރުކަޒުން ބުނީ ބަލީ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޓެސްޓު ކުރުމަށް އެދޭ ކަމަށެވެ. ސާމްޕަލިންގެ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށާއި، މިހާތަނަށް 5064 ސާމްޕަލެއް ނަގާފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ. އަދި 84 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށް ވެސް އެމަރުކަޒުން ބުނެފައިވެއެވެ.

ދުވާފަރުގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިފިޔަވަޅުތަކާއި އެއްގޮތަށް ހުރިހާ ރައްޔިތުން އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން މާސްކް އެޅުމަށާއި، އިޖްތިމާއީ ގައިދުރުކަމަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށަށް ބަލާއިރު، މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސްވީ ރަށަކީ ވެސް ދުވާފަރެއެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް