ކ. މާލެ
|
14 އޯގަސްޓް 2021 | ހޮނިހިރު 12:26
ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ އެގްރިމެންޓްގައި ސޮއި ކުރުމުގެ ތެރެއިން،
ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ އެގްރިމެންޓްގައި ސޮއި ކުރުމުގެ ތެރެއިން،
ރާއްޖެއެމްވީ
ހިޔާ މަޝްރޫއު
ހިޔާ ފްލެޓްތަކަށް ޖެނުއަރީ މަހުން ފެށިގެން ކުލި ނަގަން ފަށާނެ: ސުހައިލް
 
ދައުވަތު ދިން ނަމަވެސް ބައެއް މީހުން ސޮއިކުރަން ނާދޭ
 
މިމަހުގެ 17ން ފެށިގެން ކަރަންޓުގެ ޚިދުމަތް ދެވޭނެ
 
ފިނިޝިންގެ މަސައްކަތް ނިންމުމަށް މުއްދަތު އިތުރު ކުރުމަށް ގިނަ ބަޔަކު އެދުނު

ހިޔާ ފްލެޓްތަކުން ޖެނުއަރީ މަހުން ފެށިގެން ކުލި ނަގަން ފަށާނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހު ހުރަވީ ސްކޫލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުހައިލް ވިދާޅުވީ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް މުއްދަތު އިތުރު ކުރުމަށް ގިނަ ބަޔަކު އެދުމާއެކު އެކަން ކޮށްދީފައިވާ ކަމަށެވެ. އެގޮތުން ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ޑިސެންބަރުގެ މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ސުހައިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ އެކަށީގެންވާ މުއްދަތެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހުށަހަޅަން ޖެހޭ ފޯމު 1000 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައި ނުވާކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ ދައުވަތު ދިން ނަމަވެސް 300ށް ވުރެ ގިނަ މީހުން ސޮއިކުރުމަށް ނާންނަ ކަމަށެވެ. ދެވަނަ ފަހަރަށް ޝެޑިއުލް ކުރެވިފައިވާ ކަމަށާއި، މިފުރުސަތުގައި ސޮއިކުރުމަށް އައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަހުގެ 17ން ފެށިގެން ކަރަންޓުގެ ޚިދުމަތް ދެވޭނެ ކަމަށާއި، ފްލެޓަށް ވަދެ މަސައްކަތްތައް ފެށޭނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ތަނުގެ ތަޅުދަނޑި ވެރިމީހާއާ ހަވާލުކޮށް، ތަން ހަވާލުކުރި ކަމުގެ ލިޔުން ދެނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ. އެއާއެކު ފްލެޓަށް ގެންނަން ބޭނުންވާ އިތުރު ބަދަލުތައް ގެނައުމަށް ޚާއްސަ ހުއްދައަށް އެދޭ ފޯމާއި، ފެން ގުޅުމުގެ މަސައްކަތް ވެސް އެ ސަރަހައްދުން ވަގުތުން ފުރިހަމަ ކޮށްދެއެވެ. ތަނުގެ ވެރިމީހާގެ ހާޒިރުގައި ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް އަންނަނީ ވަގުތުން ކޮށްދެމުންނެވެ.

ޖުލައި މަހުގެ 14 ވަނަ ދުވަހު ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވާއިރު، މިމަހުގެ 18 އަށް ސޮއިކުރުމުގެ ކަންކަން ނިންމާލުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
40%
0%
0%
60%
0%
0%
ކޮމެންޓް
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް