ކ. މާލެ
|
12 އޯގަސްޓް 2021 | ބުރާސްފަތި 21:09
ސަރޖަރީ ކުރުމުގައި ހަރަކާތްތެރިވި ޓީމު
ސަރޖަރީ ކުރުމުގައި ހަރަކާތްތެރިވި ޓީމު
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮންޖެނިޓަލް ހިޕް ޑިސްލޮކޭޝަން ސަރޖަރީއެއް
ކޮންޖެނިޓަލް ހިޕް ޑިސްލޮކޭޝަން ސަރޖަރީއެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި
މި ތުއްތު ކުއްޖާއަށް ހިޕް ޑިސްލޮކޭޝަން ސަރޖަރީގެ ފަރުވާ ދޭންޖެހުނީ ވަރަށް ބޮޑެތި ސިއްހީ ގޮންޖެހުންތަކާއެކު
ޑީޑީއެޗް ހުންނަ ކުދިން ފާހަގަކޮށް، އެކުދިންނަށް އެންމެ ޒަމާނީ މަތީ ފެންވަރުގެ އަވަސް ފަރުވާ ދެމުންދޭ
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން, ކޮންޖެނިޓަލް ހިޕް ޑިސްލޮކޭޝަން ސަރޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

މި ސަރޖަރީ ކޮށްފައިވަނީ ދުވަސް ހަމަނުވެ ވިހަންޖެހުނު, އަދި "ޑިވެލޮޕްމަންޓް ޑިސްޕްލާޝިއާ އޮފް ދަ ހިޕް" (ޑީޑީއެޗް)ގެ އިތުރުން, އުފެދުމުގައި ހުރި ތަފާތުތަކެއް ނުވަތަ އެބްނޯމެލިޓީސްތަކެއް ހުރި ތުއްތު ކުއްޖަކަށެވެ.

ޑީޑީއެޗް އަކީ އުފެދުމުގައި ޅިނދުކަށިގަނޑުގައި ހުންނަ މައްސަލައަށް ކިޔާ ނަމެކެވެ. މި ބައްޔަކީ އެކި ކުދިންގެ ގައިން އެކި މިންވަރަށް ފާހަގަވާ ބައްޔެކެވެ. އަދި މި ބަލި ވީހާވެސް އަވަހަށް ހޯދައި ފަރުވާދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ޑީޑީއެޗް ޑައިގްނޯޒް ނުވަތަ ނުކުރެވި ހުންނަ ނަމަ ބަލީގެ ސަބަބުން ގިނަ އިތުރު ދަތިތަކާ ކުރިމަތި ލާން ޖެހެއެވެ. އޭގެތެރެއިން ޅިނދުކަށިގަނޑުގެ ހުޅުތައް މަސައްކަތްކުރުމުގައި އެކި މައްސަލަތައް ކުރިމަތިވެގެންދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މީގެ ކުރިން ވަނީ ޑީޑީއެޗް ސްކްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. އަދި މި ފްރޮގްރާމުގެ ދަށުން ޑީޑީއެޗް ހުންނަ ކުދިން ފާހަގަކޮށް, އެކުދިންނަށް އެންމެ ޒަމާނީ މަތީ ފެންވަރުގެ އަވަސް ފަރުވާ ދެމުންދާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

މި ސަރޖަރީއާ ބެހޭ ގޮތުން ޓްރީ ޓޮޕުން ބުނީ މި ތުއްތު ކުއްޖާއަށް ހިޕް ޑިސްލޮކޭޝަން ސަރޖަރީގެ ފަރުވާ ދޭންޖެހުނީ ވަރަށް ބޮޑެތި ސިއްހީ ގޮންޖެހުންތަކާއެކު ކަމަށެވެ. މިކުއްޖާ އުފަންވުމާއެކު އިންޓެންސިވް ކެއަރ އަދި ޕޯސްޓް ނޭޓަލް އެޑެޕްޓޭޝަންގެ ފަރުވާ ފޯރުކޮށްދީފަވައިވާ ކަމަށެވެ.

ފަރުވާދިން ޓީމުގައި ނަރުހުންގެ އިތުރުން ޑރ. ޙުސައިން ފައިޞަލް (ކޮންސަލްޓަންޓް އޯތޮޕީޑިކްސް)، ޑރ. އިންގްރިޑް މޮރނަރޯވާ (ކޮންސަލްޓަންޓް ނިއޯނޭޓޮލޮޖީ), އަދި ޑރ. ވޮރެން ކަބާލާ (ކޮންސަލްޓަންޓް އެނެސްތީޒިއޮލޮޖީ) އިސްކޮށް ހަރަކާތްތެރިވެފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އިތުބާރު ހޯދާފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.

- ކޮމެންޓް