ކ. މާލެ
|
12 އޯގަސްޓް 2021 | ބުރާސްފަތި 18:46
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)،
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)،
ރާއްޖެއެމްވީ
މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ މައްސަލަ
އޭދަފުށީ މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފި
 
އެ މައްސަލަ ސާބިތުނުވާކަމަށް ކޮމިޝަނުގެ 58 ވަނަ ބައްދަލުވުމުގައި ނިންމާފައިވޭ
 
މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރި

ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ އޭދަފުށީ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލަ ތަހުގީގު ކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސާބިތުނުވާކަމަށް 2021 އޮގަސްޓް 08 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 58 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ މައްސަލަ ބަލަން ނިންމީ ދަރަވަންދޫ ކޯޓަށް ހުށަހެޅުނު ދެ މައްސަލައެއް އެކޯޓުގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް، އެ މެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށްފައިވަނިކޮށްށެވެ. އަދި އެ މައްސަލަތައް ބެލުމާ އުއްމުކުލްސޫމް ހަވާލުވުމުގައި، ފަނޑިޔާރުގެ ސުލޫކަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ފާހަގަކުރެވިގެން ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް