ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 09:35
ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުނީ، 2 އޯގަސްޓްގައި
ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުނީ، 2 އޯގަސްޓްގައި
އެމްޓީސީސީ
ހެނބަދޫ ބަނދަރު
ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިއްޖެ
 
މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 5 މިލިޔަން ރުފިޔާ ޚަރަދުކުރި
 
ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 235 މީޓަރުގެ ބޮޑުހިލައިގެ އެއްގަމު ތޮއްޓެއް ލާފައިވޭ

ނ. ހެނބަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަސައްކަތް ކުރިއަށްގެންދިޔައީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމްޓީސީ) އިންނެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަސައްކަތް ނިމުނީ މި މަހުގެ 2 ވަނަ ދުވަހު ކަމަށެވެ. ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގައި ހިމެނެނީ 235 މީޓަރުގެ ބޮޑުހިލައިގެ އެއްގަމު ތޮއްޓެއް ލުމާއި، 25 މީޓަރުގެ ގްރޯއިންސްޖެހުމެވެ. މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 5 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

ނ. ހެނބަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެމްޓީސީސީންވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ހެނބަދޫގެ ބަނދަރުގެ މަސައްކަތް ވެސް ނިންމާފައެވެ. ހެނބަދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްފައިވަނީ 23 ޖޫން 2019 ގައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް އެ ރަށުގައި، އެމްޓީސީސީން މޮބިލައިޒް ކުރީ 24 ސެޕްޓެމްބަރ 2019 ގައެވެ. މިއީ ދައުލަތުގެ ބަޖެޓުން 30.3 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ބަނދަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް