ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 06:52
ހއ. ދިއްދޫ، ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ
ހއ. ދިއްދޫ، ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ
މޮނިޓަރިންގެ ހާލަތު އުވާލުން
ޝަރުތުތަކަކާއެކު ދިއްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި
 
21 އެކްޓިވް ކޭސް ހިމެނޭ
 
ރަށުގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ވެކްސިން ދެވެންދެން ރަށުން ފުރާ މީހުންގެ ސާމްޕަލް ނަގަން ޖެހޭ
 
ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ރަށުގެ އާބާދީ 5 އިންސައްތަ މީހުން ރެމްޑަމް ސާމްޕަލް ނަގަން ޖެހޭ

ޝަރުތުތަކަކާއެކު ހއ. ދިއްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑް-19ން ރައްކާތެރިވުމުގެ ގޮތުން އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށްފަހު، ޝަރުތުތަކަކާއެކު މޮނިޓަރިންގެ ހާލަތު އުވާލަން ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ ޝަރުތުތަކަކީ ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ރަށުގެ އާބާދީ 5 އިންސައްތަ މީހުން ރެމްޑަމް ސާމްޕަލް ނެގުމާއި، ރަށުގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ވެކްސިން ދެވެންދެން ރަށުން ފުރާ މީހުންގެ ސާމްޕަލް ނެގުމެވެ.

ހަތަރު ވަނަ ފަހަރަށް ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ 26 ޖުލައިގައެވެ. އަދި މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ 10 އޮގަސްޓް ވީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:37 ގައެވެ.

އެރަށުގެ ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުން ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ 26 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، 5 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި 21 އެކްޓިވް ކޭސް ހިމެނޭއިރު، 4 މީހަކު މިބަލީގައި ނިޔާވެފައިވާ ކަމަށެވެ. ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މިހާތަނަށް 978 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އަދި 219 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ދިއްދޫ ޝަރުތުތަކަކާއެކު މޮނިޓަރިންގެ ހާލަތުން ނެގި ނަމަވެސް ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަނުކުރުމަށް ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް