ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 06:47
އައްޑޫ ސިޓީގައި ފެށި ވެކްސިނޭޝަން ޕްރޮގްރާމްގެ ތެރެއިން، އަތޮޅުތެރޭގައި ވެކްސިން ޖެހުމަށް 176 ސެންޓަރެއް އޮޕަރޭޓްކުރަމުންދޭ
އައްޑޫ ސިޓީގައި ފެށި ވެކްސިނޭޝަން ޕްރޮގްރާމްގެ ތެރެއިން، އަތޮޅުތެރޭގައި ވެކްސިން ޖެހުމަށް 176 ސެންޓަރެއް އޮޕަރޭޓްކުރަމުންދޭ
ރާއްޖެއެމްވީ
ކޮވިޑް-19 ވެކްސިން
އިތުރު 1668 މީހުން ވެކްސިންގެ ދެޑޯޒު ފުރިހަމަކޮށް، ޖުމްލަ 287،599ށް!
 
ވެކްސިން ޖެހުމަށްޓަކައި ގްރޭޓަރ މާލެ ސަރަހައްދުގައި 6 ވެކްސިނޭޝަން ސެންޓަރ އަދި 3 މޯބައިލް ޓީމް ހަރަކާތްތެރިވޭ
 
ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 1162 މީހުން
 
ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ ވަނީ 332،816ށް އަރާފައި

ކޮވިޑް-19ން ދިފާއުވުމަށް އިތުރު 1668 މީހުން ވެކްސިންގެ ދެޑޯޒު ފުރިހަމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 1162 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 636 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން ވެކްސިން ޖެހި 526 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ ވަނީ 332،816ށް އަރާފައެވެ.

މީގެ އިތުރުން ހޯމަ ދުވަހު ދެވަނަ ޑޯޒު 1668 މީހުން ފުރިހަމަކޮށްފައިވާއިރު، އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 787 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 881 މީހުންނެއެވެ. މިއާއެކު ވެކްސިންގެ ދެޑޯޒު ފުރިހަމަ ކުރި ޖުމްލަ ވަނީ 287،599ށް އަރާފައެވެ.

މިމަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ ވެކްސިން ޖެހުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ވެކްސިން ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ލިބިގަތުމުގައި މިހާރު ވަނީ ހުރަސްތަކެއް އަޅާފައެވެ.

އެގޮތުން ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަހުން, ވެކްސިން ނުޖަހައި ދަތުރުކުރާ މީހުންގެ ރިލީޒް ސާމްޕަލް ދެން ހިލޭ ހަދައި ނުދޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް އެތެރޭގެ އުދުހުންތަކުން ވެސް ދަތުރުނުކުރެވޭ ގޮތަށް ނިންމުމަށް ސަރުކާރުން މަޝްވަރާތައް ފަށާފައިވާއިރު، ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބި މީހުންނަށް ކެފޭ ރެސްޓޯރެންޓުތަކުން ޚިދުމަތް ނުދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ވެކްސިން ޖެހުމަށްޓަކައި ގްރޭޓަރ މާލެ ސަރަހައްދުގައި 6 ވެކްސިނޭޝަން ސެންޓަރ އަދި 3 މޯބައިލް ޓީމް ހަރަކާތްތެރިވެއެވެ. އަތޮޅުތެރޭގައި ވެކްސިން ޖެހުމަށް 176 ސެންޓަރެއް ދަނީ އޮޕަރޭޓްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް