ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 23:25
ރަށްވެހި ފަތިސް ކެމްޕެއިންގެ ޖަލްސާއެއްގެ ތެރެއިން
ރަށްވެހި ފަތިސް ކެމްޕެއިންގެ ޖަލްސާއެއްގެ ތެރެއިން
ރާއްޖެއެމްވީ
މޭ 6ގެ ހަމަލާ
ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް ރައީސް ޞާލިޙު ކުރެއްވި މަސައްކަތްޕުޅަށް ރައީސް ނަޝީދުގެ ޖަވާބެއް ނެތް
 
ރައީސް ޞާލިޙު، ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް މެސެޖް ވެސް ކުރެއްވި
 
ރައީސް ނަޝީދު ޖަރުމަން ވިލާތަށް ވަޑައިގަތީ މެއި މަހުގެ 13ވަނަ ދުވަހު
 
ރައީސް ނަޝީދާ ހަވާލާ ދެއްވައި ބައެއް މަޖިލިސް މެމްބަރުން ވިދާޅުވިޔަސް ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގަތުމާއެކު އެމަނިކުފާނުގެ ހާލުކޮޅު ބެއްލެވުމަށް ރައީސް ޞާލިޙު މަަސައްކަތް ކުރެއްވި

މޭ 6ވަނަ ދުވަހުގެ ހަމަލާގައި ލިބިވަޑައިގަތް ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޖަރުމަންވިލާތަށް ވަޑައިގަތް ފަހުން, އެމަނިކުފާނުގެ ހާލުކޮޅު ބެއްލެވުމަށް ރައީސް ޞާލިޙް މަސައްކަތް ކުރައްވައިފައި ނެތްކަމަށް ރައީސް ނަޝީދާ ހަވާލާ ދެއްވައި ބައެއް މަޖިލިސް މެމްބަރުން ވިދާޅުވިޔަސް, ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގަތުމާއެކު ލަސް ނުކުރައްވައި އެމަނިކުފާނުގެ ހާލުކޮޅު ބެއްލެވުމަށް ރައީސް ޞާލިޙު މަަސައްކަތް ކުރެއްވިކަން ރާއްޖެއެމްވީއަށް ކަށަވަރު ވެއްޖެއެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިޙު ވެސް ބައެއް ކަންކަމުގައި މަޝްވަރާ ކުރައްވާ އެދެބޭފުޅުންގެ ވެސް ގާތް ބޭފުޅަކު ރާއްޖެއެމްވީއާ މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ، ރައީސް ނަޝީދު ޖަރުމަން ވިލާތަށް ވަޑައިގަތުމާއެކު އެމަނިކުފާނުގެ ހާލުކޮޅު ބެއްލެވުމަށް ލަސް ނުކުރައްވައި އެކި ގޮތްގޮތުން ރައީސް ޞާލިޙް މަސައްކަތް ކުރެއްވިކަން އެބޭފުޅާ ކަށަވަރު ކޮށްދެއްވާ ކަމަށެވެ. ރައީސް ޞާލިޙު އެންމެފަހުން ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް މެސެޖްވެސް ކުރެއްވި ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށް އެ މެސެޖަށް ރައީސް ނަޝީދު ޖަވާބެއް ދެއްވައިފައިނުވާކަން މިދެންނެވި ބޭފުޅާއަށް އެނގިވަޑައިގެންފައި އޮތް ކަމަށް ވިދާޅުވިއެވެ.

އަމިއްލަފުޅަށް ފޯނު ބޭނުން ކުރައްވަން ފެއްޓެވީ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ޓުވީޓެއް ކުރައްވާފައެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރަށް ވަޑައިގަތްތާ ދެ މަސްވުމާ ގާތަށް ދާއިރު މިހާތަނަށް ރައީސް ނަޝީދުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިވަޑައިނުގަންނަވާ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ޖަރުމަން ވިލާތަށް ވަޑައިގަތީ މެއި މަހުގެ 13ވަނަ ދުވަހުއެވެ. މިހާރު އެމަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
29%
0%
0%
57%
14%
0%
ކޮމެންޓް
11 އޯގަސްޓް 2021 | ބުދަ 03:32
ޢިބްރާހިމް
ރައީސް ނަޝީދު ގެ ފޯން އެދުވަސްވަރު އޮތީ ނިވާލާފަ އެވެ. ނޫހައް މައުލޫމާތު ދެއްވި ބޭފުޅާ އިޒް ރޯންގޮ