ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 17:35
ޢާއިޝަތު ޢަލީ - އެޑިއުކޭޝަން މިނިސްޓަރ
ޢާއިޝަތު ޢަލީ - އެޑިއުކޭޝަން މިނިސްޓަރ
ރާއްޖެއެމްވީ
ދިރާސީ އައު އަހަރު ފެށުން
އުނގެނުމާއި އުނގަންނައިދިނުމަށް އެންމެ ރަނގަޅީ ދަރިވަރުންނާއި ޓީޗަރުން ބައްދަލުވެގެން
 
ސްކޫލް ދައުުރުގައި ކުރާ ކޮންމެ ކަމަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި އޭގެ ބޭނުން ހިފޭނެ ކަންކަން
 
ސްކްރީން ބަލާ ވަގުތު މަދުވުމުން އެހެން މީހުންނާ މުއާމަލާތް ކުރާނެ ވަގުތު އިތުރުވާނެ

ފާއިތުވި ދޮޅު އަހަރު ދުވަހު ދަސްވި ފިލާވަޅަކީ، އުނގެނުމާއި އުނގަންނައިދިނުމަށް އެންމެ ރަނގަޅީ ދަރިވަރުންނާއި ޓީޗަރުން ކްލާހުން ބައްދަލުވެގެންކަން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ކަލާފާނު ސްކޫލުގައި އޮތް ޚާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި, ސްކްރީން ބަލާ ވަގުތު މަދުވުމުން އެހެން މީހުންނާ މުއާމަލާތް ކުރާނެ ވަގުތު އިތުރުވާނެއެވެ. އަދި އެކަމުގެ ސަބަބުން ދަރިވަރުން ބަހަށް ފަރިތަވާނެއެވެ. އެއާއެކު އެކުއުޅުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގަތުމުގެ ފުރުސަތު އިތުރުވާނެއެވެ.

މިނިސްޓަރ ވިދާޅުވީ، ތައުލީމުގެ ފުރިހަމަ ބޭނުމަކީ ބުއްދި ތަނަވަސް ކުރުމާއެކު އުުޅުން ފުރިހަމަ ކުރުން ކަމަށެވެ. އަދި ސްކޫލް ދައުުރުގައި ކުރާ ކޮންމެ ކަމަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި އޭގެ ބޭނުން ހިފޭނެ ކަންކަން ކަމަށެވެ. އެެހެންކަމުން ސްކޫލުގައި އުޅެން ލިބޭ މަދު ދުވަސްކޮޅުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

ދަރިވަރުންނަށް ކިޔަވާދެއްވާ ކޮންމެ ފިލާވަޅަކަށް އައު ކުރިއެރުންތަކެއް ގެނެސް, ދަރިވަރުންނަށް ހުށަހަޅައިދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަބަދުވެސް ދަރިވަރުންނަށް ހެޔޮ ނަމޫނާ އަކަށް މުދައްރިސް ވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ. މިފެށޭ ދިރާސީ އަހަރު ކާމިޔާބު އަހަރަކަށް ހެދުމަށް އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަށްވެސް މިނިސްޓަރ ގޮވާލެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި