ކ. މާލެ
|
9 އޯގަސްޓް 2021 | ހޯމަ 22:58
އޮޒެން ލައިފް މާދޫ ރިސޯޓް
އޮޒެން ލައިފް މާދޫ ރިސޯޓް
ބުކިންގ.ކޮމް
އޮޒެން ލައިފް މާދޫ ރިސޯޓް
އޮޒެން ލައިފް މާދޫ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
 
އަނިޔާވީ ދިވެއްސަކަށާއި ތިން ބިދޭސީއަކަށް
 
އަނިޔާވި އެންމެން މާލެ ގެންނަކަމަށް މައުލޫމާތު ދީފައިވޭ

އޮޒެން ލައިފް މާދޫ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އޮޒެން ލައިފް މާދޫ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ހޯމަ ދުވަހުގެރޭ 19:13 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ރިސޯޓުން ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ރޯވި އަލިފާން ގަނޑު ކޮންޓްރޯލްވި ކަމަށެވެ. އެކަމަކު ފަހުން ހަތަރު މީހަކަށް އަނިޔާވެގެން މާލެ ގެންނަ ކަމަށް މައުލޫމާތު ދިންކަމަށެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ތިން ބިދޭސީންނެވެ.

އަނިޔާވި ތިން ބިދޭސީންނަކީ ރިސޯޓުގެ މުވައްޒަފުންނެވެ. އަނިޔާވި ދިވެއްސަކީ ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފެކެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އަލިފާން ރޯވީ ޕެޓްރޯލް ޓޭންކް ކައިރީ ހުރި ތެޔޮ ފީފާއެއްގައި ކަމަށެވެ. މިހާދިސާއަށްފަހު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އަންނަނީ ރިސޯޓުގައި ހަރަކާތްތެރިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް