ކ. މާލެ
|
6 އޯގަސްޓް 2021 | ހުކުރު 03:51
އަލް ވަހްދާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު މާޒިޔާގެ ހުރިހާ ކުޅުންތެރިން
އަލް ވަހްދާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު މާޒިޔާގެ ހުރިހާ ކުޅުންތެރިން
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
މާޒިޔާގެ ސައުދީ ކޭމްޕް
މާޒިޔާއިން ސައުދީގެ އަލް ވަހްދާއާ އެއްވަރުކޮށްފި
 
މާޒިޔާ އާއި އަލް ވަހްދާ އެއްވަރުވީ ލަނޑެއް ނުޖެހި
 
ފަހު މެޗުގައި މާޒިޔާ ނުކުންނާނީ ޖިއްދާ އެފްސީއާ ދެކޮޅަށް

ސައުދީ އަރަބިއްޔާގައި ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ އަލް ވަހްދާ އެފްސީއާ ދެކޮޅަށް ކުޅުނު ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެއްވަރުކޮށްފިއެވެ.

ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި މެޗަކީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ތަމްރީނު ކޭމްޕަށް ސައުދީއަށް ފުރިފަހުން، މާޒިޔާއިން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗެވެ.

ސައުދީގައި ކުރިއަށްދާ ތަމްރީނު ކޭމްޕުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުން ވަނީ އަލް-އިއްތިހާދުގެ ޒުވާން ޓީމު އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ދެން މި ކޭމްޕުގައި ކުޅޭ ފަހު މެޗުގައި މި މަހު 12 ވަނަ ދުވަހު ނުކުންނާނީ ޖިއްދާ އެފްސީއާ ދެކޮޅަށެވެ.

މާޒިޔާއިން ސައުދީގައި ކުރާ ކޭމްޕަކީ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޯދައިދިން ފުރުސަތެކެވެ. މި ތަމްރީނު ކޭމްޕަށްފަހު މާޒިޔާ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. މި މުބާރަތަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ސައުދީގައި ތަމްރީނުތައް ހަދަމުން އަންނައިރު، މިދިޔަ މަހުގެ 10 ވަނަ ދުވަހު އެ ޓީމުން ވަނީ މާލޭގައި ތަމްރީނުތައް ފަށާފައެވެ.

މާޒިޔާއިން ސައުދީގައި ކޭމްޕްކުރަމުން އަންނައިރު، އޭއެފްސީން މިހާރު ވަނީ އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ކުޅުމަށް ނިންމާފައެވެ. އޭއެފްސީން މިހާރު ނިންމާފައިވާ ގޮތުން ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ.

މިހާރު އޮތްގޮތުން އޭއެފްސީ ކަޕުގައި މާޒިޔާއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ނުކުންނާނީ ބަޝުންދަރާއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު މޯހަން ބަގާންއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ނުކުންނާނީ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް