ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 15:10
ހަސަން ލަތީފް - އެމްޑީޕީގެ ޗެއަރޕާސަން
ހަސަން ލަތީފް - އެމްޑީޕީގެ ޗެއަރޕާސަން
މަޖިލިސް
ރައީސް ނަޝީދު މާލެ ވަޑައިގަތުން
ރައީސް ނަޝީދު މާލެ ވަޑައިގަތުމަކީ ރުހޭ ކަމެއް ނޫން - ހަސަން ލަތީފް
 
ރިކޮމެންޑޭޝަނަށް އަމަލުކުރަން ރާވާފައިވާ ގޮތް އެނގުމުން ނޫނީ، އެމަނިކުފާނު މާލެ ވަޑައިގަތުމަކީ އެދޭ ކަމެއް ނޫން
 
ވާތު ފަޔަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަދިވެސް ފަރުވާ ހޯއްދަވާ
 
ކޮންމެ ހަފުތާއަކު ބޭސް ބަދަލުކުރައްވަން ޖެހިވަޑައިގަންނަވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަތުމަކީ، ރުހިވަޑައިގަންނަވާ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ސެޕްޓެމްބަރު މަހުގައި މާލެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވެސް އަދި އެމަނިކުފާނުގެ އާއިލާއިން ވެސް ވިދާޅުވެފައިވަނިކޮށް، ހަސަން ލަތީފް ވިދާޅުވީ، އިންކުއަރީގެ ރިކޮމެންޑޭޝަނަށް އަމަލުކުރަން ރާވާފައިވާގޮތް އެނގުމުން ނޫނީ، އެމަނިކުފާނު މާލެ ވަޑައިގަތުމަކީއެދޭ، އަދި ރުހެވޭ ކަމެއް ވެސް ނޫން ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް ނުރުހެނީ، ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ގޮތުން ކަމަށެވެ.

މިކާމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޗެއަރ ދެކެވަޑައިގަންނަވާ ގޮތް އެއީ އަބަދުވެސް އެމަނިކުފާނު ވިސްނަވާނެ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ސަރުކާރުންވެސް އެމްޑީޕީން ދެކޭގޮތާމެދު ވިސްނަވާނެ ކަމަށް ވިދާޅުވިއެވެ.

މޭ 6 ގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ޖަރުމަންވިލާތުގައި ފަރުވާ ހޯއްދެވުމަށް ފަހު މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނީ، ސެޕްޓެމްބަރު މަހުގައި ކަމަށް އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު ވިދާޅުވިއެވެ. ނާޝިދު ވިދާޅުވީ، ތިން ހަފްތާ ވަންދެން، ކޮންމެ ހަފުތާއަކު ބޭސް ބަދަލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނުގެ ހާލުކޮޅު މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށާއި، ވާތު ފަޔަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަދިވެސް ފަރުވާ ހޯއްދަވާކަމަށެވެ.

ކްލަބް ހައުސްގައި “ހުޅުދޫ ވޮއިސް”ގެ ނަމުގައި އޮންނަ ކްލަބެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވެސް ވިދާޅުވެފައިވަނީ، ސެޕްޓެމްބަރުގައި މާލެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި މެއި 6 ގައި ދިން ހަމަލާއަކީ، އެހަމަލާ ހިންގި މީހުންނާ ހަމައިން އެކަނި ނިމޭނެ ކަމެއް ނޫންކަމަށާއި، އެއީ ބޮޑު ނެޓްވޯކަކުން ކޮށްފައިވާ ކަމެއް ކަމަށެވެ. އެ އެންމެން ހައްޔަރުކޮށް ފިޔަވަޅު އެޅިފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
20%
80%
0%
0%
ކޮމެންޓް
6 އޯގަސްޓް 2021 | ހުކުރު 06:11
ދުރުމި
މަވެސް ތާއީދު. އޭނާ ދެން ރާއްޖެ އައިސްގެން ނުވާނެ