ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 10:43
މުހައްމަދު ނަޝީދު- ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު- ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރާއްޖެއެމްވީ
ރައީސް ނަޝީދު
ރައީސް ނަޝީދު ސެޕްޓެމްބަރުގައި މާލެ ވަޑައިގަންނަވާނެ
 
ވާތު ފަޔަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަދިވެސް ފަރުވާ ހޯއްދަވާ
 
ކޮންމެ ހަފުތާއަކު ބޭސް ބަދަލުކުރައްވަން ޖެހިވަޑައިގަންނަވާ
 
އެފަދަ ދެވަނަ ބޮމެއް ރާއްޖޭގައި ގޮވާތަން ދެކެން ބޭނުމެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސެޕްޓެމްބަރުގައި މާލެ ވަޑައިގަންނަވާނެކަމަށް އާއިލާއިން ބުނެފިއެވެ.

މޭ 6 ގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތުގައި ހުންނެވުމަށްފަހު މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނީ، ސެޕްޓެމްބަރު މަހުގައި ކަމަށް އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު ވިދާޅުވިއެވެ. ނާޝިދު ވިދާޅުވީ، ތިން ހަފްތާ ވަންދެން، ކޮންމެ ހަފުތާއަކު ބޭސް ބަދަލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނުގެ ހާލުކޮޅު މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށާއި، ވާތު ފަޔަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަދިވެސް ފަރުވާ ހޯއްދަވާކަމަށެވެ.

ކްލަބް ހައުސްގައި “ހުޅުދޫ ވޮއިސް”ގެ ނަމުގައި އޮންނަ ކްލަބެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވެސް ވިދާޅުވެފައިވަނީ، ސެޕްޓެމްބަރުގައި މާލެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި މެއި 6 ގައި ދިން ހަމަލާއަކީ، އެހަމަލާ ހިންގި މީހުންނާ ހަމައިން އެކަނި ނިމޭނެ ކަމެއް ނޫންކަމަށާއި، އެއީ ބޮޑު ނެޓްވޯކަކުން ކޮށްފައިވާ ކަމެއް ކަމަށެވެ. އެ އެންމެން ހައްޔަރުކޮށް ފިޔަވަޅު އެޅިފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

އެފަދަ ދެވަނަ ބޮމެއް ރާއްޖޭގައި ގޮވާތަން ދެކެން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށާއި، އެކަން ކުރެވޭނީ ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އަޅައި، ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ހައްޔަރު ކުރެވިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޖިލީހުގެ 241 ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ހިމެނޭ ކަންކަން ސަރުކާރުން ތަންފީޒު ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު މިހާރު ހުންނެވީ، ރާއްޖެއަށް ދިއުމަށް ވަރަށް ބޮޑަށް ކެތްމަދުވެފައި ކަމަށާއި، ބޭރުގައި އެހެން ގިނަ ދުވަސް ވަންދެން ހުރުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް