ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 10:38
ނާޒިމް އަބްދުއްސައްތާރު - ރައީސް ނަޝީދުގެ ފަރާތުން ވަކީލަކަށް ހުންނަވާނީ ނާޒިމްކަން މިހާރު ޕީޖީއަށް ވަނީ އަންގާފައި
ނާޒިމް އަބްދުއްސައްތާރު - ރައީސް ނަޝީދުގެ ފަރާތުން ވަކީލަކަށް ހުންނަވާނީ ނާޒިމްކަން މިހާރު ޕީޖީއަށް ވަނީ އަންގާފައި
އަހުމަދު ނާޒިމް
ރައީސް ނަޝީދުގެ ވަކީލު
ރައީސް ނަޝީދުގެ ބަޔާނެއް މުހިއްމުވާތީ، ވަކީލަކަށް ނާޒިމް ހަމަޖައްސަވައިފި
 
ރައީސް ނަޝީދު ބަޔާނެއް ދެއްވުމަށް އަދި ނުނިންމަވާ
 
މި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހެއްގެ މައްޗަށް މިހާރުވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށާއި، ޝަރީއަތަށް ރައީސް ނަޝީދުގެ ބަޔާނެއް މުހިއްމުވުމުން އެމަނިކުފާނުގެ ފަރާތުން ވަކީލަކަށް އަހުމަދު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސައްވައިފިއެވެ.

ރައީސް ނަޝީދުގެ ބަޔާނެއް މުހިއްމުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވެސް ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުން ވެސް ވަނީ މިގޮތަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ފަރާތުން ވަކީލަކަށް ނާޒިމް ހަމަޖެއްސެވިކަން އެމަނިކުފާނު މިހާރުވަނީ ސިޓީއަކުން ޕީޖީ އޮފީހަށް ވެސް އަންގަވާފައެވެ. ނާޒިމް ވިދާޅުވީ، ރައީސް ނަޝީދު ބަޔާނެއް ދެއްވުމަށް އަދި ނުނިންމަވާ ކަމަށެވެ. ރައީސް ނަޝީދު ޕީޖީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މި މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ހުންނަވާނެ ވަކީލަކީ ނާޒިމް ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް އަދިވެސް އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

މި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހެއްގެ މައްޗަށް މިހާރުވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ. ޕީޖީ ވަނީ އެ ދައުވާތަކުގެ ތަފްސީލް ވެސް ހިއްސާ ކުރައްވާފައެވެ. ޕީޖީ ވިދާޅުވި ގޮތުގައި ޝަރީއަތް ފެށުމުގެ ކުރިން ރައީސް ނަޝީދުގެ ބަޔާނެއް މުހިންމު ނަމަވެސް، އެމަނިކުފާނަކީ މި ހަމަލާގެ ވިކްޓިމްއެއްކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ހާލަތަށް ވެސް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ.

އެ ހަމަލާއާ ގުޅިގެން 4 މީހެއްގެ މައްޗަށް ޖުމްލަ 12 ދައުވާއެއް ކްރިމިނަލް ކޯޓުގައި ވަނީ އުފުލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް