ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 15:12
ރިލްވާންގެ މަރާ ގުޅޭގޮތުން ރައީސް ޔާމިން މަރު ކޮމިޝަނަށް ހާޒިކޮށް ސުވާލު ކޮށްފައިވަނީ އަންގާރަ ދުވަހު
ރިލްވާންގެ މަރާ ގުޅޭގޮތުން ރައީސް ޔާމިން މަރު ކޮމިޝަނަށް ހާޒިކޮށް ސުވާލު ކޮށްފައިވަނީ އަންގާރަ ދުވަހު
ރާއްޖެއެމްވީ
ރިލްވާންގެ މަރު
ރިލްވާންގެ މައްސަލަ ނުބަލަން ރައީސް ޔާމީން، އުމަރު ނަސީރަށް އެންގި
 
ބައެއް ބޭފުޅުން މަރު ކޮމިޝަނަށް މިހާރު މިވާހަކަ ކިޔައި ދީފައިވޭ
 
ރައީސް ޔާމީން މެސެޖް ކުރެއްވީ، ކެބިނެޓް ވައިބަރ ގްރޫޕަށް
 
މިކަން އޭރު ތިއްބެވި ހުރިހާ މިނިސްޓަރުންނަށް ވެސް އެނގޭ

ގެެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ ނުބަލަން ރައީސް ޔާމީން އުމަރު ނަސީރަށް މެސެޖް ކުރެއްވިކަން ހާމަވެއްޖެއެވެ.

ރާއްޖެއެމްވީއަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ރައީސް ޔާމީން މެސެޖް ކުރެއްވީ، ކެބިނެޓް ވައިބަރ ގްރޫޕަށެވެ. އެ ގްރޫޕްގައި ހުރިހާ މިނިސްޓަރުން ވެސް ތިއްބަވައެވެ. މިކަން އޭރު ތިއްބެވި ހުރިހާ މިނިސްޓަރުންނަށް ވެސް އެނގޭ ކަމަށާއި، މި ވާހަކަ ބައެއް ބޭފުޅުން މަރު ކޮމިޝަނަށް މިހާރު ކިޔައި ދީފައިވާކަމަށް ވެސް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނުން މީގެ ބައެއް މެސެޖްތަކުގެ ސްކްރީންޝޮޓް ވެސް ވަނީ ހޯދާފައެވެ.

ކުރީގެ ނައިބު ރައީސްގެ ފޯނުން ހޯދާފައިވާ ސްކްރީންޝޮޓެއް - ރާއްޖެއެމްވީ

މި ޗެޓް ލޮގުގެ ކޮޕީއިން އޭރުގެ މިނިސްޓަރ ޑރ. ޝަހީމާއި ދުންޔާގެ މެސެޖްތައް ވެސް ފެނެއެވެ. މިއާއެކު ސަލްމާން މިސްކިތުގެ މަސައްކަތަށް މެލޭޝިއާގެ މިސްކިތުގެ ފޮޓޯ ވެސް ފޮނުވާފައިވާތަން ފެނެއެވެ.

ރިލުވާނުގެ މަރާ ގުޅިގެން އަންގާރަ ދުވަހު ރައީސް ޔާމިން މަރުކޮމިޝަނަށް ހާޒިރު ކުރުމުން އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެމަނިކުފާނު ހަނު ހުންނަވާފައިވާއިރު، ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި މައްސައާގުޅިގެން އެމަނިކުފާނުގެ ވެރިކަމުގައި 2015 އޮކްޓޯބަރ 15 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ، ފުލުހުންނާއި ސިފައިންނަށް އެމަނިކުފާނު އެއްވެސް ކަމަކަށް އަމުރު ނުކުރައްވާނެ ކަމަށެވެ. އަދި އެ މުއައްސަސާތަކަކީ މިނިވަން ކަމާއެކު ނުފޫޒެއް ނެތި މަސައްކަތް ކުރާ ތަނަކަށްވާން ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.

އަދި ތަހުގީގުގެ ބޭނުމުގައި ހައްޔަރު ކުރެވިފައިވާ މީހުން ތަހުގީގަށް ހުރަސް އެޅުމުގެ ގޮތުން ތުހުމަތުކުރެވޭ މީހުން ހަނު ހުރުމުގެ ހައްގު އިޚްތިޔާރު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، ހަނު ހުރުމުގެ ހައްގު އެފަދަ ހާލަތްތަކުގައި ބޭނުން ނުކުރެވޭނެ ކަމަށާއި، އެމީހުން ކުރިކަމެއް ކިޔައިދެވެން ޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރިލްވާންގެ މައްސަލަ ނުބަލަން ރައީސް ޔާމީން އުމަރު ނަސީރަށް މެސެޖް ކުރެއްވިކަން ހާމަވި ނަމަވެސް އުމަރު ނަސީރު ވަނީ މިކަން ދޮގުކުރައްވާފައެވެ. އުމަރު ނަސީރު ވިދާޅުވީ މި މައްސަލަ ނުބެލުމަށް ނުވަތަ ހުއްޓާލުމަށް ރައީސް ޔާމީން ދުވަހަކުވެސް ވިދާޅުވެފައިނުވާ ކަމަށެވެ.

2016 ވަނަ އަހަރުގެ ތެރޭގައި އުމަރު ނަސީރު ކުރައްވާފައިވާ ޓްވީޓެއްގެ ސުކްރީން ޝޮޓެއް

މަރު ކޮމިޝަނުގެ މެމްބަރު މިޞްބާޙު ޢަބްދުﷲ ވިދާޅުވީ، ރިލްވާންގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް ކަންކަން އޮޅުންފިލުވުމަށްޓަކައި, ޖަވާބުދާރީވުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވި ކަމަށެވެ. އެގޮތުން މި މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އެމަނިކުފާނު ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުމަކީ ރިލްވާނުގެ އާއިލާއާއި ދިވެހި ރައްޔިތުން ވެސް އެދޭނެ ގޮތްކަން މިޞްބާޙު ފާހަގަކުރެއްވިއެވެ.

މިޞްބާޙު ވިދާޅުވީ، ކޮމިޝަނުން އެތައް ފަހަރަކު ސުވާލުކުރުމުން ވެސް ރައީސް ޔާމީން ހަނު ހުންނެވީ ކަމަށެވެ. އަދި ދައުލަތުގެ މަތީ މަޤާމެއް ފުރުއްވާފައިވާ އެފަދަ ބޭފުޅަކު, ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންފައި ނުވާތީ ކޮމިޝަނުން ނުހަނު ހިތާމަކުރާ ކަމަށެވެ.

ނޫސްވެރިޔާ ރިލްވާންގެ މައްސަލަ މިހާރު ބަލަމުން އަންނަނީ ބޭރުގެ ތަޖުރިބާކާރުންނާ ވެސް ގުޅިގެންނެވެ. އަދި މި އަހަރުގެ ނިޔަލަށް އެ މައްސަލަ ބަލައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ރައީސް ޞާލިޙް ވިދާޅުވީ އެ މައްސަލަ މަރު ކޮމިޝަނުން ރަނގަޅަށް މޮނިޓަރ ކުރާ ކަމަށާއި، އެ މައްސަލައިގެ އަޕްޑޭޓްތައް ކޮމިޝަނުން ބަރާބަރަށް ރިލްވާންގެ އާއިލާއާ ހިއްސާކުރަމުން އަންނަކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
35%
17%
0%
26%
13%
9%
ކޮމެންޓް
4 އޯގަސްޓް 2021 | ބުދަ 23:52
Ahmed Naasiru
އިނގިރޭސި ބަހުގެ ޝަރަހަ މާނަ ނޭގި މިކަހަލަ ލިޔުންތައް ލިޔެ ފިތުނަ އުފެއްދުމަކީ ގައުމު ފަސާދަކުރުން. އޯވަރވެލްމްޑް ގެ މާނައަކީ ކަމެއް ނުކުރާށެކޭ ނޫން.
4 އޯގަސްޓް 2021 | ބުދަ 19:46
މިސްބާހް
އަދީބުގެ ފޯނުން ފެންނަ އެއްވެސް އެއްޗެއް ގަބޫލުކުރާނީ މޮޔައެއް. އޭނާ މިހާރުހުރީ މިސަރުކާރާ ޑީލް ހަދައިގެން 5 ސްޓާރ ފެންވަރުގެ ގޭގަ. ރާއްޖެ އެމްވީއަކީ އެމްޑީޕީ ގެ ޕަޕެޓެއް.
4 އޯގަސްޓް 2021 | ބުދަ 14:26
ޚައްދަ
ނޯ ނީޑް ޓު ބީ އޯވަވެލްމްޑް އާއި މައްސަލަ ނުބަލާށޭ ބުނުމާ ތަފާތު!