ކ. މާލެ
|
3 އޯގަސްޓް 2021 | އަންގާރަ 06:46
ތުރުކީގެ ފޮރެސްޓެއްގައި އަލިފާން ރޯވެ އަނދަމުންދަނީ
ތުރުކީގެ ފޮރެސްޓެއްގައި އަލިފާން ރޯވެ އަނދަމުންދަނީ
އަލްޖަޒީރާ
ތުރުކީގެ އަލިފާން
ހޫނުގަދަވުމުގެ ސަބަބުން ތުރުކީގެ އެކި ހިސާބުތައް ރޯވެ އަނދަމުން ދަނީ
 
ގާތްގަނޑަކަށް 95،000 ހެކްޓަރުގެ ސަރަހައްދު މިހާރުވަނީ އަނދާފައި
 
އަލިފާނުގެ ސަބަބުން މިހާތަނަށް 8 މީހަކުވަނީ މަރުވެފައި
 
މިހާރު އެންމެ ބޮޑަށް ރޯވެފައިވަނީ މަނަވްގަތް ގައި

ހޫނުގަދަވުމުގެ ސަބަބުން ތުރުކީގެ އެކި ހިސާބުތަކުގައި އަލިފާން ރޯވެ އަނދަމުން އަންނަތާ ހަފުތާއެއް ވެއްޖެއެވެ.

އެކި ސަރަހައްދުތަކުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް 8 މީހަކުވަނީ މަރުވެފައެވެ. ދުމުގެ ސަބަބުން ނޭވާލާން އުނދަގޫވެ ގިނަ ބަޔަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މީގެ ކުރިންވެސް ހޫނު މޫސުމުގައި ތުރުކީގެ ބައެއް ސަރަހައްދުތަކުގައި އަލިފާން ރޯވުމުގެ ހާދިސާތައްވަނީ ކުރިމަތިވެފައެވެ. އެހެންނަމަވެސް މިއީ ފަހުގެ ތާރީޚެއްގައި މިހާބޮޑަށް ރޯވި ފުރަތަަ ފަހަރެވެ.

މިހާރު އެންމެ ބޮޑަށް ރޯވެފައިވަނީ މަނަވްގަތް ގައެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މިހާތަނަށް 100ށްވުރެ ގިނަ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. ތުރުކީގެ ދެކުނުގައި އޮންނަ, ފަތުރުވެރިންގެ ތެރޭގައި މަގްބޫލް ސަރަހައްދުތަކުގައި ވެސް އަލިފާން ރޯވުމުގެ ސަބަބުން ފަތުރުވެރި ވެސް ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާ ކަމަށް އޮފިސަރުންނާ ހަވާލާދީ އަލްޖަޒީރާގައި ވަނީ ރިޕޯޓުކޮށްފައެވެ.

ގާތްގަނޑަކަށް 95،000 ހެކްޓަރުގެ ސަރަހައްދު މިހާރުވަނީ އަނދާފައެވެ. މިގެ ކުރީގެ ރެކޯޑްތަކަށް ބަލާއިރު، 2008 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި ހޫނު މޫސުމުގައި އަނދާފައިވަނީ 13،516 ހެކްޓަރުގެ ބިމެވެ.

ތުރުކީގެ ސަރުކާރުން ބުނެފައިވަނީ، އަލިފާން ނިއްވުމަށް އެކަށީގެންވާ ވަސީލަތްތަށް ބޭނުންވާ މިންވަރަށް ނެތް ކަމަށެވެ. އެހެންކަމުން ރަޝިއާ، ޔޫކްރެއިން، އިރާން އަދި އަޒްހަރްބައިޖާނުން މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
100%
0%
0%
0%
0%
0%
ކޮމެންޓް