Advertisement
ކ. މާލެ
|
1 އޯގަސްޓް 2021 | އާދީއްތަ 22:29
މުޝީ ބްރޭޑްގެ މައްސަލައެއް
މުޝީ ބްރޭޑްގެ މައްސަލައެއް
ކިޑްސްބްލޫމް
ސިލިކޯން ސަކްޝަން ޕްލޭޓާއި ކަޕްގެ މައްސަލައެއް
މުޝީ ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓާއި ސްނެކް ކަޕް ނުވިއްކުމަށް އަންގައިފި
ސިލިކޯން ސަކްޝަން ޕްލޭޓާއި ކަޕް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވޭ
ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް މިދަނީ ކުރަމުން
ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވޭ

މުޝީ ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސްނެކް ކަޕް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ބުނީ ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮވެދާނެކަމަށް ބެލެވޭތީ, ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މުޝީ ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓް އަދި ސިލިކޯން ސްނެކް ކަޕް ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލަރޓް ސިސްޓަމް ފޯރ ފުޑް އެންޑް ފީޑްއިން މިއޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

Advertisement

މި އެލަރޓާއި ގުޅިގެން މުޝީ ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓް އަދި ސިލިކޯން ސްނެކް ކަޕުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއޮތޯރިޓީން ވަކި ގޮތެއް އަންގަންދެން މުޝީ ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓް އަދި ސިލިކޯން ސްނެކް ކަޕް ނުވިއްކުމަށް އަންގާފައެވެ. އަދި ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް