ކ. މާލެ
|
31 ޖުލައި 2021 | ހޮނިހިރު 11:25
ތުރުކީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު
ތުރުކީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު
އިންޑިޕެންޑެންޓް.ޔޫކޭ
ތުރުކީގައި ރޯވަމުންދާ އަލިފާން
ތުރުކީގެ ހަތް ސަރަހައްދެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް
 
އެގްރިކަލްޗަރ މިނިސްޓަރ ވިދާޅުވީ އަލިފާން ކޮންޓްރޯލް ކުރުމަށް އަދި ދުވަސްތަކެއް ނަގާނެކަމަށް

ތުރުކީ ވިލާތުގެ އެކި ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ފުޅާވެ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އަލިފާނުގެ ސަބަބުން މިހާތަނަށް މަދުވެގެން ހަތަރު މީހުން މަރުވެ އެތައް ބައެއްގެ ގެދޮރު ވަނީ އަނދައިގެން ގޮސްފައެވެ.

މިއީ ހޫނު މޫސުން ކަމަށްވުމާއެކު އަލިފާންގަނޑުތައް ފެތުރެމުންދަނީ އެއްވެސް ކޮންޓްރޯލެއްނެތި ކަމަށް ބީބީސީން ބުނެއެވެ.

ތުރުކީގެ އެގްރިކަލްޗަރ މިނިސްޓަރ ބާކިރް ޕަކްޑެމިރެލީ ވިދާޅުވީ އަލިފާން ކޮންޓްރޯލު ކުރުމަށް އަދި ދުވަސްތަކެއް ނަގާނެކަމަށެވެ. އެތައް ހާސް ބަޔަކު މިހާރު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އޭގެ އިތުރުން އެތައް ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ފަތުރުވެރިން އުޅޭ ބައެއް ހޮޓާތައްވެސް ވަނީ ހުސްކޮށްފައެވެ.

އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު އަދި އެގިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި މިކަމާ ބެހޭގޮތުން އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށްވެސް ރަސްމީ ފަރާތްތަކުން ބުނެފައިވެއެވެ.

އަލިފާން ރޯންވާން ފެށީ ޖުލައި 29 ގައި ކަމަށާއި މިވީހިސާބަށް މަރުވި މީހުންގެ އަސްލު އަދަދު ސާފުނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
86%
14%
0%
0%
ކޮމެންޓް