ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 13:28
ޖަސްޓިސް ބިލްޑިންގ
ޖަސްޓިސް ބިލްޑިންގ
ރާއްޖެއެމްވީ
އައްޑޫ ފްލައިން ސްކޫލް
އޭއޭއޭގެ ދަރިވަރުން އެދުނުގޮތަށް ކޯޓުން ވަގުތީ އަމުރު ނުދިން
 
ރާއްޖޭގެ އހުތިސާސް ހިނގާ ސަރަހައްދުން ބޭރަށް ބަދަލުކުރަން ނުވަތަ ވިއްކާލަން މަސައްކަތް ކުރަމުންދާކަން ޝަރީއަތަށް އަދި އެނގެން ނެތް
 
ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ފަށާއިރު، މުދާ ވިއްކާލައި، ނުވަތަ މިލްކުވެރިކަން ބަދަލު ކޮށްފައިވާނަމަ، އެ އެއްބަސްވުން ކޯޓަށް ބާތިލް ކުރެވޭނެ

އައްޑޫ ފްލައިންގ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ނުދިނުމަށް އެ ކޯޓުން ނިންމައިފިއެވެ.

ފްލައިންގ ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޮޓިކްސް (އޭއޭއޭ) އަތުން ބަދަލު ހޯދަން ހުށަހެޅީ އެ ސްކޫލުގައި ކިޔަވަމުންދާ 48 ދަރިވަރެކެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޝަރީއަތުން ކަނޑައަޅާ ބަދަލު ލިބެންދެން، އޭއޭއޭގެ އެއްވެސް މުދަލެއް ވިއްކާލުން ނުވަތަ ބަދަލުކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެހެން ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އަދި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެހެން ބޭންކުތަކަށް އަމުރު ކުރުމަށާއި، ކުންފުނި އުވާލުމުގެ އެއްވެސް މުއާމަލާތެއް ކުރިއަށް ނުގެންދިޔުމަށެވެ.

ވަގުތީ އަމުރެއް އެ ހުށަހެޅުމާ އެއްގޮތަށް ނެރެދެވެން ނެތްކަމަށް ކޯޓުން ނިންމި ނިންމުމުގައިވަނީ، މައްސަލައިގެ ދައުވާގައި އޭއޭއޭގެ އެއްވެސް މުދަލެއް ހޯދުމަށް އެދިފައި ނުވާ ކަމަށާއި، އެދިފައިވަނީ، ދަރިވަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށެވެ. މައްސަލަ ރައްދުވާ ފަރާތަކީ ބޭރުގެ ފަރާތްތަކެއްގެ ހިއްސާ އޮންނަ ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ މުދަލާއި ވަސީލަތްތައް ރާއްޖޭގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުގައި ހުރި ކަމަށާއި، އެ ތަކެތި ރާއްޖޭގެ އހުތިސާސް ހިނގާ ސަރަހައްދުން ބޭރަށް ބަދަލުކުރަން ނުވަތަ ވިއްކާލަން މަސައްކަތް ކުރަމުންދާކަން ޝަރީއަތަށް އަދި އެނގެން ނެތްކަމަށެވެ. އެހެންކަމުން އަމުރު ނުނެރުމުގެ ސަބަބުން ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ ކަމަށް ޝަރީއަތަށް ނުފެންނަ ކަމަށެވެ.

އޭއޭއޭގެ މައްޗަށް ދައުވާ ސާބިތުވެ، ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ފަށާއިރު، މުދާ ވިއްކާލައި، ނުވަތަ މިލްކުވެރިކަން ބަދަލު ކޮށްފައިވާނަމަ، އެ އެއްބަސްވުން ކޯޓަށް ބާތިލް ކުރެވޭނެ ކަމަށް ވެސް ނިންމުމުގައި ވެއެވެ.

މައްސަލަ ނިމި، ހުކުމް ކުރުމުގެ ކުރިން އޭއޭއޭގެ މުއާމަލާތްތައް ހުއްޓުވައި، ފައިސާގެ މުއާމަލާތްތައް ހުއްޓުވަައިފި ނަމަ އެ ކުންފުނީގެ ވިޔަފާރިއަށް ހުރަސް އެޅިދާނެކަމަށް ވެސް ބުނެފައިވެއެވެ. އަދި އެފަދަ އަމުރެއް ނެރެދީފިނަމަ ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ހުއްޓުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި އެފަދަ އަމުރެއްގެ ސަބަބުން ބޮޑަށް ގެއްލުމާއި އުނދަގޫވާނީ އޭއޭއޭއަށް ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން ވަގުތީ އަމުރެއް ނެރެންޖެހޭފަދަ ކަމެއް ވަގުތީ އަމުރަށް އެދުނު ފަރާތުން ހުށަހަޅާފައި ނުވާތީ، އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ސިވިލް ކޯޓުގައި ދަރިވަރުން އެދިފައިވަނީ، އޭއޭއޭއިން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށާއި، ތަމްރީނުތަކުގެ ނަމުގައި ނުހައްގުން ފައިސާ ނަގާފައިވާތީ އެ ފައިސާ ހޯދުމަށެވެ.

ތަމްރީނުދިނުމަށް އެކަށީގެންވާ ފެންވަރުގެ ޓްރޭނިންގ އެއާކްރާފްޓް ނެތުމުގެ ސަބަބުން އެކިފަހަރުގެ މަތިން އެހެން އެއާކްރާފްޓްތައް ބޭނުންކުރަން މަޖުބޫރުކުރުމުންނާއި އެކަމުގެ ސަބަބުން އެކަމަށް އިތުރަށް ދޭން ޖެހުނު ފައިސާއަކީ އޭއޭއޭއިން އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅަން ވެސް އެދިފައިވެއެވެ.

ދައުވާގައި ދަރިވަރުން އިތުރަށް އެދިފައިވަނީ ޕައިލެޓްކަން ކިޔެވުމަށް އޭއޭއޭއަށް ދަރިވަރުން ދެއްކި 1,835,090.12 ޑޮލަރު، އެއީ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަރިވަރުންނަށް ނަގައިދޭން ޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
50%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޣައިރު ހާޒިރުގައި، ދަރަންޏެއް ސާބިތުވާގޮތަށް ކަނޑައެޅީ ސިޔާސީ މަގުސަދެއްގައި - މެމްބަރު އިސްމާއީލް
އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ޔާމީނު ހުށަހެޅުއްވި މައްސަލަ ބެލޭނެކަމަށް ނިންމުމުން، ބޭންކުން ހައިކޯޓަށް
އެމްއާރްއެމް އުވާލުން: އިލެކްޝަންގެ ނިންމުން ގޯސްކަމަށް ނިންމައި، އެމްއާރްއެމްއަށް 50،000 ރުފިޔާ ދިނުމަށް ޙުކުމްކޮށްފި
4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ކުރި ޙުކުމް މަޑުޖައްސާލުމުގެ އަމުރެއް
ކޯޓަށް އަދި ހުށަހެޅިފައިނެތަސް، އާޒިމާ ދައްކަވަންޖެހޭ 1.5 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކުރުމަށް ދަނީ ތައްޔާރުވަމުން
އިސްލާމިކް ބޭންކުން ނަގާފައިވާ ފެސިލިޓީއަކަށް 4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފި
އޮތޮރައިޒް ޑިސްޓްރިބިއުޓަރ ނޫން ކުންފުންޏަކުން "ކެމަލް" ބްރޭންޑު ކަމަށް ދައްކައިގެން ގެނައި ސިގިރޭޓުތައް ވިއްކުން މަނާކުރަން އަމުރެއް
ކޭޕާކްގެ އެޕާޓްމަންޓެއް ގަތް މީހަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި