ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 11:56
އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރ
އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރ
ރާއްޖެއެމްވީ
ކޮވިޑް-19
ހޯމް މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވް
 
މިނިސްޓަރު ވަނީ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކުރައްވާފައި
 
ކޮވިޑަށް ޓެސްޓް ކުރެއްވީ ޖުލައި 28ގައި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިނިސްޓަރު ކޮވިޑަށް ޓެސްޓް ކުރެއްވީ މި މަހުގެ 28 ވަނަ ދުވަހުއެވެ. ޕޮޒިޓިވްވި ކަން އެނގިވަޑައިގަތީ ބުރާސްފަތި ދުވަހުއެވެ. މިިނިސްޓަރު ޓެސްޓް ކުރެއްވީ، ބަލިކޮށް އުޅުއްވުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ. މިނިސްޓަރު އިމްރާން ވަނީ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަކުރައްވާފައެވެ.

މީގެކުރިން، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ ކޮވިޑްޖެހި ބަލިން ރަނގަޅު ވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ ބަލިޖެހޭ މީހުންގެ އަދަދުވަނީ ދަށްވެފައެވެ. ޚާއްޞަކޮށް މާލެ ސަރަހައްދުގައި ބަލިޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް