ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 23:35
ރ. ދުވާފަރުގެ މަތިން ނަގާފައިވާ މަންޒަރެއް
ރ. ދުވާފަރުގެ މަތިން ނަގާފައިވާ މަންޒަރެއް
ސޯޝަލް މީޑިއާ
ކޮވިޑް ބަލީގައި މީހަކު ނިޔާވުން
ކޮވިޑްބަލީގައި އިތުރު މީހަކު ނިޔާވެއްޖެ
 
މި މަހުގެ 27ވަނަ ދުވަހުވެސް ދުވާފަރުންވަނީ ބަލީގައި މީހަކު ނިޔާވެފައި
 
މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 221ވަނަ މީހާ

ކޮވިޑް ޖެހިގެން ދުވާފަރުން އަނެއްކާވެސް މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ގޮތުގައި, ނިޔާވެފައި ވަނީ ޖުލައި 29ވަނަ ދުވަހުގެރޭ 07:30ގައި ދުވާފަރު ސިއްހީ މަރުކަޒަށް ގެންދިޔަ އުމުރުން 52 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 221ވަނަ މީހާއެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑްގެ ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 202 ދިވެހިންނާއި 19 ބިދޭސީންނެވެ. ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، މިބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރުވަނީ ވަރަށް މަދުކުރެވިފައެވެ.

އެމީހާ ނިޔާވީ ކަމާބެހޭ ފަރާތްތަކުގެ އިހުމާލުން ކަމަށްބުނެ އެ ރަށުގެ ބައެއް ރައްޔިތުންވަނީ، ސިއްހީ މަރުކަޒު ކައިރިއަށް އެއްވެ މުޒާހަރާވެސް ކޮށްފައެވެ.

ހެލްތް ސެންޓަރުން ބުނީ، ބަލި މީހާގެ ހާލު ދެރަވެގެން ރިޕޯޓް ކޮށްފައިވަނީ ހަވީރު 5 ޖެހި ފަހުން ކަމަށެވެ. ހެލްތް ސެންޓަރަށް ގެނެވުނު އިރު ގެނައި އިރު ބަލިމީހާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅު ކަމަށާއި، ނޭވާ ހާސްވާން ފެށުމުން އޮކްސިޖަން ގުޅައިގެން ފަރުވާ ދެމުން ދިޔަކަމަށެވެ. މޫސުން ގޯސްވުމާއި، ބަލި މީހާގެ ހާލަތު ހުރި ގޮތުން ކަނޑު މައްޗަށް އެރުވެން ނެތުމުން އުނގުފާރު ހޮސްޕިޓަލުން ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ނިޔާވީ ކަމަށެވެ.

މި ބަލީގައި އެންމެ ގިނަ ބަޔަކު ނިޔާވެފައިވަނީ މިދިޔަ މެއި މަހުއެވެ. މެއި މަހު 88 މީހަކު ވަނީ ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް