Advertisement
ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 08:20
ކ.ކާށިދޫގެ މަގެއް، ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި
ކ.ކާށިދޫގެ މަގެއް، ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި
ރާއްޖެ އެމްވީ
ކާށިދޫގައި ކޮވިޑް-19 ފެތުރުން
ކާށިދޫއިން އިތުރު 19 މީހަކު ޕޮޒިޓިވްވެ ޖުމްލަ 179ށް
123 އެކްޓިވް ކޭސް ހިމެނޭ
56 މީހުން ބަލިން ރަނގަޅުވެފައިވޭ
100 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ

ކ. ކާށިދޫއިން އިތުރު 19 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ކާށިދޫ ހެލްތު ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހުގެ ރޭ 7:00ން ބުދަ ދުވަހުގެ ރޭ 7:00ށް އިތުރު 19 މީހުން ޕޮޒިޓިވްވެފައިވެއެވެ. މިހާތަނަށް 179 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 56 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.

100 ސާމްޕަލެއްގެ ނަތީޖާ ނުލިބޭއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 92 ސާމްޕަލެއް ފޮނުވާފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި 90 ގެއެއް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ.

Advertisement

ހެލްތު ސެންޓަރުން ބުނީ 123 އެކްޓިވް ކޭސް ހިމެނޭ ކަމަށެވެ. އަދި ސާމްޕަލް ނެގުމުގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށާއި، މިހާތަނަށް 2724 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ޓެސްޓުކުރުމަށް ހެލްތް ސެންޓަރުން އިލްތިމާސްކޮށްފައިވެއެވެ.

ޖުލައި މަހުގެ 12 ވަނަ ދުވަހު ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ފަހުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އަމިއްލަ ރައްކާތެރިކަމާއި، އެހެން މީހުންގެ ރައްކާތެރި ކަމަށްޓަކައި، އަނގަޔާއި ނޭފަތް ނިވާވާ ގޮތަށް މާސްކު އެޅުމާއި، އިޖުތިމާއީ ގައިދުރުކުރުކަން ބެހެއްޓުމަށާއި، ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުމާއި، ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފައިވެއެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، ގިނަ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭކަން އެސެންޓަރުން ފާހަގަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް