ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 08:08
ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތުގެ ތެރެއިން،
ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތުގެ ތެރެއިން،
ރާއްޖެ އެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
އިތުރު 141 މީހަކު ޕޮޒިޓިވްވެ, 225 މީހުން ބަލިން ރަނގަޅުވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 22 މީހުން
އަތޮޅުތެރެއިން ޕޮޒިޓިވްވީ 98 މީހުން
2527 އެކްޓިވް ކޭސް ހިމެނޭއިރު، 14 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ދަނީ ފަރުވާދެމުން

ކޮވިޑް-19ށް އިތުރު 141 މީހަކު ޕޮޒިޓިވްވެ, 225 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އަންގަރާ ދުވަހު އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް 5152 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 141 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 22 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 98 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 20 މީހުން އަދި ސިނާއީ މަސައްކަތް ކުރާ ރަށަކުން އެކަކެވެ.

2527 އެކްޓިވް ކޭސް ހިމެނޭއިރު، 14 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މުޅި ރާއްޖެއިން މިހާތަނަށް 77،094 މީހުން ޕޮޒިޓިވްވެފައިވާއިރު، 74،335 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. އަދި 220 މީހުން ބަލީގައި ނިޔާވެފައިވެއެވެ.

ބަލީގެ ހާލަތު ރަނގަޅުވާން ފެށުމާއެކު ދެވިގެންދިޔަ ލުއިތަކުގެ ސަބަބުން ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލުކުރުމަށް އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމުގެ ބާރު އޮތީ އާންމު ފަރުދުންގެ އަތްމަތީގައިކަން އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ގިނަ ލުއިތަކެއް ދީފައިވެއެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތައް ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ރަށްރަށަށް ކަރަންޓީނުވުމަކާ ނުލާ ދަތުރުކުރެވެއެވެ. އެހެންނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިކަމުގައި ވިޔަސް، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހެއެވެ. އަދި މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ މީހުންގެ ތެރެއިން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި ޕޮޒިޓިވްވެ، ރަނގަޅުވިތާ 60 ދުވަސް ނުވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް އެޗްޕީއޭ އިން މިހާރު ވަނީ ނިންމާފައެވެ.


Advertisement
- ކޮމެންޓް