ކ. މާލެ
|
28 ޖުލައި 2021 | ބުދަ 18:28
ޗައިނާގެ އެމްބެސެޑަރ ޔަންގް ލިޒޮންގާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިން
ޗައިނާގެ އެމްބެސެޑަރ ޔަންގް ލިޒޮންގާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިން
މަޖިލިސް
ޗައިނާގެ ރައްދު ރައީސް ނަޝީދަށް
ޗައިނާގެ ހިތްހަމަ ނުޖެހުން ރައީސް ނަޝީދަށް
 
ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ގައުމުތަކުން މިހާތަނަށްވެސް ޗައިނާގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ބޭނުން ކޮށްފައިވާނެ ކަމަށް
 
ރައީސް ނަޝީދު ގެންދަވަނީ، ރާއްޖެއިން ޗައިނާއަށް އަދާކުރަން ޖެހޭ ދަރަނިތަކާ ގުޅޭގޮތުން ޗައިނާ ސަރުކާރަށް ފާޑު ވިދާޅުވަމުން

ދެކުނު ޗައިނާ ކަނޑަށް އިނގިރޭސި މަނަވަރުތައް ދަތުރުކުރުމަކީ ހިތްޕުޅުހަމަޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވުމުން ޗައިނާގެ ހިތްހަމަ ނުޖެހުން އެމަނިކުފާނަށް އަމާޒު ވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ މިނިވަން ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، އިނގިރޭސި މަނަވަރުތައް ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސްޕްރަލްޓީ ރަށްތަކުގެ ކައިރިން ދަތުރު ކުރުމުގެ ހައްގު ކަށަވަރުކުރުމަށް ދެކުނު ޗައިނާ ކަނޑުގައި ދަތުރުކުރުމަކީ ހިތްޕުޅުހަމަޖެހޭ ކަމެއް ކަމަށެވެ.

މިއަށް ރައްދުދެއްވައި ޗައިނާއިން ބުނެފައިވަނީ، ޗައިނާއަކީ، ކަނޑު ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި، އަދި ސައުތު ޗައިނާ ކަނޑުގައިވާ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ މަތިން ދަތުރު ކުރުމަށް އޮންނަ މިނިވަންކަމަށް އިޙުތިރާމް ކުރާ ބައެއް ކަމަށެވެ. އެހެންނަމަވެސް، އަސްކަރީ ބާރު ދައްކައި, ޗައިނާއަށް ބިރުދެއްކުމަށް ހިންގޭ ކޮންމެ އަމަލަކާވެސް އެގައުމުން ދެކޮޅު ހަދާނެ ކަމަށެވެ.

ޗައިނާ އެމްބަސީން ކުރި ޓުވީޓުގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ގައުމުތަކުން މިހާތަނަށްވެސް ޗައިނާގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ބޭނުން ކޮށްފައިވާ ކަމަށާއި، އަދި އެއީ އަބަދުވެސް ޗައިނާއިން އިޙްތިރާމް ކުރާނެ މިނިވަންކަމެއް ކަމުގައެވެ.

ރައީސް ނަޝީދު ގެންދަވަނީ، ރާއްޖެއިން ޗައިނާއަށް އަދާކުރަން ޖެހޭ ދަރަނިތަކާ ގުޅޭގޮތުން ޗައިނާ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

މި ހަފްތާގެ އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ހަގުރާމަ މަތީ މަނަވަރު އެޗްއެމްއެސް ކުއީން އެލިޒަބަތުވަނީ، ސައުތު ޗައިނާ ކަޑުން ދަތުރުކޮށް، ސިންގަޕޫރުގައި ބަނދަރު ކޮށްފައެވެ. މި މަނަވަރު ސައުތު ޗައިނާ ކަނޑަށް ނުވަނުމަށް އިނގިރޭސިވިލާތަަށް ޗައިނާއިންވަނީ އެތަކެއްފަހަރު އިންޒާރު ދީފައެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ލޯ އޮފް ދަ ސީ ކޮންވެންޝަންގެ ދަށުން، މި ސަރަހައްދު ހިމެނިގެންދާނީ އެގައުމުގެ އިޤްތިޞާދީ ސަރަހައްދުގެ ތެރޭގައެވެ. އެހެންނަމަވެސް، 2016ވަނަ އަހަރު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ ޗައިނާގެ މިދައުވާއަކީ ބާތިލް ދައުވާއެއްކަމުގައި ނިންމާފައެވެ. އަދި އެކޯޓުންވަނީ، އިނގިރޭސިވިލާތާއި، އެމެރިކާ އަދި އޮސްޓްރޭލިއާއަށް މި ސަރަހައްދުގައި ކަނޑުގެ ނެވިގޭޝަނާއި ގުޅުންހުރި އޮޕަރޭޝަންތައް އާންމު އުސޫލުން ހިންގުމުގެ މިނިވަންކަން އޮތްކަމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް