ކ. މާލެ
|
27 ޖުލައި 2021 | އަންގާރަ 22:13
އެ ސްޓޭޓުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ކަރަންޓީނުގައި ތިބީ 10 މީހުން ކަމަށް
އެ ސްޓޭޓުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ކަރަންޓީނުގައި ތިބީ 10 މީހުން ކަމަށް
އަލްޖަޒީރާ
ވިކްޓޯރިއާގެ ލޮކްޑައުން ފިޔަވަޅުތައް އުވާލުން
ވިކްޓޯރިއާގައި އަޅާފައިވާ ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް އުވާލައިފި
 
ފާއިތުުވި އަހަރުވެސް ވިކްޓޯރިއާއިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި
 
މެއި މަހުގެ 24 ވަނަ ދުވަހު ކޮވިޑް ކޭސްތައް ފެންނަން ފެށީ, އެ ސްޓޭޓުން ކޮވިޑް ނުފެންނަތާ ތިން މަސް ފަހުން
 
ވިކްޓޯރިއާގައި އަލުން ކޮވިޑްގެ ކޭސްތައް އިތުރުވާން ފަށާފައި ވަނީ މެއި މަހުގެ 24 ވަނަ ދުވަހުން ފެށިގެން

އޮސްޓުްރޭލިޔާގެ ވިކްޓޯރިއާގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް އުވާލައިފިއެވެ.

މިކަމާގުޅިގެން އެ ސްޓޭޓުން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ކަރަންޓީނުގައި ތިބީ 10 މީހުން ކަމަށެވެ. އެ ސްޓޭޓުން ފެންނަ ކޮވިޑްގެ ކޭސްތައް މަދުވުމާއެކު އެތަނުގައި ދިރިއުޅެމުންދާ މީހުން ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާއިރު، ސްކޫލުތައް ވެސް ހުޅުވުމުގެ ހުއްދަ ދީފައިވެއެވެ. ގިނަ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ގޭގެއަށް ޒިޔާރަތްކުރުން ވަނީ މަނާކޮށްފައެވެ

7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިކްޓޯރިއާ ސްޓޭޓްގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވަނީ، ހަލުވިކަމާއެކު މިހާރު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓް އެގައުމުން ފެނި، ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެންނެވެ.

ވިކްޓޯރިއާގައި ކޮވިޑްގެ ކޭސްތައް އަލުން އިތުރުވާން ފަށާފައި ވަނީ މެއި މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. އެދުވަހު ކޮވިޑް ކޭސްތައް ފެންނަން ފެށީ, އެ ސްޓޭޓުން ކޮވިޑް ނުފެންނަތާ ތިން މަސް ފަހުންނެވެ.

ފާއިތުުވި އަހަރުވެސް ވިކްޓޯރިއާއިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެެވެ. އެންމެ ދިގު މުއްދަތަކަށް ފުރަބަންދުކުރި ސްޓޭޓްތަކުގެ ތެރޭގައި ވިކްޓޯރިއާ ހިމެނެއެވެ. ކޮވިޑްގެ ދެވަނަ ރާޅާއެކު އެ ސްޓޭޓުން 800ށްވުރެ ގިނަ މީހުން މަރުވިއެވެ. ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން އޮސްޓްރޭލިއާގައި ކޮވިޑް ކޭސްތައް ރިޕޯޓުކުރާ މިންވަރު ވެސް މަދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް