ކ. މާލެ
|
27 ޖުލައި 2021 | އަންގާރަ 19:41
އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ
އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ
ގެޓީ އިމޭޖަސް
ލުކާކޫ އިންޓަގައި މަޑުކުރުން
ލުކާކޫ އިންޓަ މިލާނުގައި މަޑުކުރާނެ
 
ލުކާކޫ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރު
 
ލުކާކޫ ހޯދަން ޗެލްސީ، ސިޓީ އަދި ބަޔާނުން މަސައްކަތް ކުރޭ

އަންނަ ސީޒަނުގައިވެސް ފެނިގެންދާނީ އިންޓަ މިލާނުން ކަމަށް ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އުމުރުން 28 އަހަރުގެ ލުކާކޫ އިންޓައާ ގުޅުނީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި 80 މިލިޔަން ޔޫރޯއަށެވެ. އެ ފަހަރު ލުކާކޫ ވަނީ އިންޓަ އާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން ލުކާކޫ މި ވަގުތު އިންޓަ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލުކާކޫ ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަދި ބަޔާން މިއުނިކުވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލުކާކޫ ވަނީ ކުރިއަށް އޮތް ސީޒަނުގައިވެސް ފެންނާނީ އިންޓައިން ކަމަށް ބުނެފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އިންޓަގެ ފަރިތަކުރުންތަކުގައި ލުކާކޫ މިހާރު ބައިވެރިވަމުން އަންނައިރު، އިންޓަގެ ސީއީއޯ ބެޕޭ މަރޯޓާ ވިދާޅުވީ އެ ކުލަބުގެ އައު ކޯޗު ސިމޯން އިންޒާގީގެ ޕްލޭނުގެ ލުކާކޫ އަކީ މުހިންމު ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން ލުކާކީ ވިއްކުމުގެ ވިސްނުމެއް އެ ކުލަބުން ނުގެންގުޅޭ ކަމަށެވެ.

މިދިޔަ ސީޒަނުގައި އިންޓައިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ލީގުގައި ލުކާކޫ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އިންޓަގައި ހޭދަކުރި ދެ ސީޒަނުގައި ލުކާކޫ މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 95 މެޗުގައި 64 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް