ކ. މާލެ
|
27 ޖުލައި 2021 | އަންގާރަ 19:17
ޔުވެންޓަސްއަށް ކުޅެމުން އަންނަ ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ
ޔުވެންޓަސްއަށް ކުޅެމުން އަންނަ ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ
ގެޓީ އިމޭޖަސް
އާރޮން ރަމްސޭ ވިއްކާލުން
ޔުވެންޓަސްއިން ރަމްސޭ ވިއްކާލަނީ
 
ރާމްސޭ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރު
 
ޓޮޓެންހަމުން އަންނަނީ ރަމްސޭ ހޯދުމަށް މަސައްކަތް ކުރަމުން

މި ފަހަރުގެ ޓްރާންސްފާގައި ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ ވިއްކާލަން ޔުވެންޓަސްއިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 30 އަހަރުގެ ރަމްސޭ އާސެނަލް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން ރާމްސޭ މި ވަގުތު ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުއެވެ.

ޔުވެންޓަސްއާއެކު ރަމްސޭ ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް ހަފުތާއަކު 400،000 ޕައުންޑުގެ މުސާރައެއް ލިބެއެވެ. އެކަމަކު ޔުވެންޓަސްއަށް ބަދަލުވި ފަހުން ރަމްސޭއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. މީގެ އިތުރުން ރަމްސޭގެ މުސާރަ ބޮޑުވުމާއެކު، އޭނާ ވިއްކާލަން ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރަމްސޭ ހޯދަން ޔުވެންޓަސްގެ ކުރީގެ ސްޕޯޓިން ޑިރެކްޓަރު އަދި މިހާރު ޓޮޓެންހަމް ހޮޓްސްޕާގެ މެނޭޖިން ޑިރެކްޓަރު ފަބިއޯ ޕަރަޓިޗީ ބޭނުންވެއެވެ. އަދި ރަމްސޭ ހޯދަން ޓޮޓެންހަމުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި ނޫނޯ އެސްޕިރީޓޯ ސަންޓޯވެސް ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން އަވަސް މުސްތަގުބަލެއްގައި ރަމްސޭގެ ޓްރާންސްފާއާ ގުޅޭ ގޮތުން ޔުވެންޓަސް އާއި ޓޮޓެންހަމް އެކުގައި މަޝްވަރާކުރާނެ ކަމަށްވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އާސެނަލުގައި 11 އަހަރު ހޭދަކުރުމަށްފަހު ރަމްސޭ ޔުވެންޓަސްއަށް ބަދަލުވިއިރު، ޔުވެންޓަސްގައި އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން ޔުވެންޓަސްއަށް ކުޅެދިން 65 މެޗުގައި ރަމްސޭއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ހަ ލަނޑެވެ. އެކަމަކު އޭނާ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް