Advertisement
ކ. މާލެ
|
27 ޖުލައި 2021 | އަންގާރަ 19:13
ރާއްޖެ އައި ޗައިނާ ފަތުރުވެރިންތަކެއް
ރާއްޖެ އައި ޗައިނާ ފަތުރުވެރިންތަކެއް
ސަން އޮންލައިން
ރާއްޖެއަށް ދަތުރުކުރުން
ރާއްޖެ އައުމަށްޓަކައި މިހާރު ބޭނުންވާނީ 96 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް!
މީގެކުރިން ރާއްޖެއަށް އެތެރެވާ ފަރާތްތައް ހުށަހަޅަން ޖެހެނީ 72 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް
1 އަހަރު ނުވާ ކުޑަކުދިން ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅާކަށް ނުޖެހޭނެ
ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފައި

ރާއްޖެ އަންނަ ކޮންމެ މީހަކުވެސް 96 ގަޑިއިރުނުވާ ކޮވިޑް ނެގެޓިވް ނަތީޖާ ގެންނަން ޖެހޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

Advertisement

މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނީ ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި ވެކްސިން ފުރިހަމަނުކުރާ ފަރާތްތައްވެސް ރާއްޖެއަށް ދަތުރުކުރާއިރު 96 ގަޑިއިރުނުވާ ކޮވިޑް ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް 1 އަހަރު ނުވާ ކުޑަކުދިން ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަން ނުޖެހޭނެ ކަމަށްކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއެވެ.

މިގޮތަށް ކަނޑއަޅާފައިވާއިރު، މީގެކުރިން ރާއްޖެއަށް އެތެރެވާ ފަރާތްތައް ހުށަހަޅަން ޖެހެނީ 72 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެކެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް މަދުވުމުގެ ސަބަބުން، ސަރުކާރުން ވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދީފައެވެ. އެގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން، ބޭރުން އައިސް ރާއްޖޭގައި ކަރަންޓީން ވާން ނުޖެހޭގޮތަށްވެސް ވަނީ ލުއިދީފައެވެ. އަދި ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން 60 ދުވަސް ނުވާ ފަރާތްތަކާއި ކޯވިޑް ވެކްސިން ފުރިހަމަކޮށް، ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ ފަރާތްތައްވެސް ކަރަންޓީނުވާން ނުޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް