ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 07:54
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް އޮފީސް
56 ވަނަ މިނިވަން ދުވަސް
56 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި
 
ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ތާ އަބަދަަށް ލެއްވުމަށް ދުއާކުރައްވާފައިވޭ

ދިވެހިރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

މިނިވަން ދުވަހު މުނާސަބާއާ ގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 56 އަހަރު ފުރޭ މި ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބާގައި، އެންމެހާ ރައްޔިތުންނަށް، ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި، ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ތާ އަބަދަަށް ލެއްވުމަށް ދުއާކުރައްވާފައެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 56 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހޯމަ ދުވަހުގެ ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ޚާއްސަ އިހުތިފާލުގައި ވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ މި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް