ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 23:38
ތިނަދޫ އައިސް ޕްލާންޓް ޖެޓީ
ތިނަދޫ އައިސް ޕްލާންޓް ޖެޓީ
އެމްޓީސީސީ
ގދ. ތިނަދޫގެ ކޮވިޑްގެ ހާލަތު
ހަތަރު މަހަށް ފަހު ގދ. ތިނަދޫ މޮނިޓަރިންގގެ ހާލަތުން ނަގައިފި
 
ޖުލައި 25ގެ ހަވީރު 15:35ގައި ވަނީ މޮނިޓަރިން ހާލަތުން ނަގާފައި
 
ތިނަދޫ މޮނިޓަރިންގގެ ހާލަތަށް ގެނައީ އެޕްރީލް މަހުގެ 24ވަނަ ދުވަހު

ހަތަރު މަހަށް ފަހު ގދ. ތިނަދޫ މޮނިޓަރިންގގެ ހާލަތުން ނަގައިފިއެވެ.

ތިނަދޫ މޮނިޓަރިގެ ހާލަތަށް ގެނައީ އެޕްރީލް މަހުގެ 24ވަނަ ދުވަހުއެވެ. އަދި ޖުލައި 25ގެ ހަވީރު 15:35ގައި ވަނީ މޮނިޓަރިންގގެ ހާލަތުން ނަގާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ބަޔާނުގައި ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން، ބަލަން ކަޑައެޅުނު ކަންކަން ބެލުމަށްފަހު މޮނިޓަރިންގގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން، މޮނިޓަރިން ހާލަތުން އެ ރަށް ނަގާފައިވާ ކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 14 ރަށެއް ވަނީ މޮނިޓަރިން ހާލަތުގައެވެ. އެގޮތުން މެއި މަހު 5 ރަށެއް މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، ޖޫން މަހު 2 ރަށެއް މޮނިޓަރިން އަށް ގެނެސްފައިވެއެވެ. އަދި ޖުލައި މަހު 7 ރަށެއް މޮނިޓަރިން ހާލަތަށް ގެނެސްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް