ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 19:49
ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން
ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން
ގެޓީ އިމޭޖަސް
ކޭން ސިޓީއަށް ބަދަލުވުން
މި ޓްރާންސްފާގައި ކޭން ސިޓީއަށް ބަދަލުވަނީ؟
 
މި ޓްރާންސްފާގައި ސިޓީގެ އެންމެ ބޮޑު ޓާގެޓަކީ ކޭން ހޯދުން
 
ސިޓީން ކޭން ގަތުމަށް 160 މިލިޔަން ޕައުންޑް ޚަރަދުކުރާނެ

މި ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން މެންޗެސްޓާ ސިޓީއަށް ބަދަލުވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ކޭން މި ވަގުތު ޓޮޓެންހަމުގެ އެއްބަސްވުމުގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. 2011 ވަނަ އަހަރު ޓޮޓެންހަމުގެ ސީނިއާ ޓީމުން ޖާގަ ހޯދި ކޭނަށް މިހާތަނަށް ޓޮޓެންހަމާއެކު ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ފުޓްބޯޅައިގެ އެންމެ ބޮޑު ޓްރޮފީތައް ހޯދުމަށް ބޭނުންވާތީ ޓޮޓެންހަމް ދޫކޮށްލަން ކޭން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެއާއެކު ކޭން ހޯދަން މެންޗެސްޓާ ސިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އޭނާ ހޯދުމަށް ސިޓީން 160 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ޓްރާންސްފާ ބާޒާރުގައި ސިޓީގެ އެންމެ ބޮޑު ޓާގެޓަކީ ކޭން ހޯދުމެވެ. އެހެންކަމުން އަވަސް މުސްތަގުބަލެއްގައި ކޭން ސިޓީއާ ގުޅުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ފަހަރުގެ ޔޫރޯއަށްފަހު ކޭން މި ވަގުތު ޗުއްޓީގައި ހުރިއިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޓޮޓެންހަމުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ މިއީ ކޭންއަށް އަރާމުކުރުމަށް އޮތް ވަގުތު ކަމަށާއި، ކުރިމަގާ ބެހޭ ގޮތުން އޭނާއާ ވާހަކަދައްކާނީ ޗުއްޓީއަށްފަހު ކަމަށެވެ. އަދި ކޭން އަކީ މި ވަގުތު ޓޮޓެންހަމުގެ ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން ކޭންގެ ޓްރާންސްފާއާ ގުޅޭގޮތުން އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށްވެސް ނޫނޯ ބުންޏެވެ.

ޓޮޓެންހަމާއެކު ކޭންއަށް މިހާތަނަށް ބޮޑު މުބާރާތެއް ކާމިޔާބުނުކުރެވުނު ނަމަވެސް، އޭނާ ވަނީ 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި، 2014-2015 އަދި މިދިޔަ ސީޒަނުގެ އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ކުޅެފައެވެ. އަދި ކޭން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 336 މެޗުގައި ކޭން ވަނީ 221 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް