ކ. މާލެ
|
22 ޖުލައި 2021 | ބުރާސްފަތި 21:03
ސްޕައިސްޖެޓުން ރާއްޖެއަށް އަލުން ދަތުރުތައް ފެށުން
ސްޕައިސްޖެޓުން ރާއްޖެއަށް އަލުން ދަތުރުތައް ފެށުން
ވެލާނާ އެއާޕޯޓް
ސްޕައިސްޖެޓުން ރާއްޖެއަށް ދަތުރުތައް ފެށުން
ސްޕައިސްޖެޓުން ރާއްޖެއަށް އަނެއްކާވެސް ދަތުރުތައް ފަށައިފި
ބޯޑަރު އަލުން ހުޅުވާލި ފުަރަތަމަ ދުވަހުވެސް އިިންޑިއާއިން 7 ފްލައިޓެއް ވަނީ ރާއްޖެ އައިސްފައި

އިންޑިއާގެ އެއަރލައިނެއް ކަމަށްވާ ސްޕައިސްޖެޓުން ރާއްޖެއަށް އަނެއްކާވެސް ދަތުރުތައް ފަށައިފިއެވެ.

ފާއިތު މެއި މަހު އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންއައި ދަތުރުތައް ހުއްޓާލާފައިވަނީ ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވުމާއެކު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް އައުން މަނާކުރުމާ ގުޅިގެންނެވެ.

ނަމަވެސް އެސަރަހައްދުގެ ގައުމުތަކުން ފަތުރުވެރިންނަށް އަލުން ހުޅުވާލުމާއެކު ސްޕައިސްޖެޓުން ރާއްޖެއަށް މިވަނީ އަލުން ދަތުރުތައް ފަށާފައެވެ.

ބޯޑަރު އަލުން ހުޅުވާލި ފުރަތަމަ ދުވަހުވެސް އިިންޑިއާއިން 7 ފްލައިޓެއް ވަނީ ރާއްޖެ އައިސްފައެވެ. އޭގެތެރޭގައި ހިމެނެނެނީ މޯލްޑިވިއަންގެ 2 ފްލައިޓްގެ އިތުރުން އިންޑިގޯ 2 ފްލައިޓް އަދި ގޯ އެއަރގެ 3 ފްލައިޓެވެ.

އިންޑިއާ އަކީ، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައި ގައުމެވެ. އެގޮތުން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގޭ ބޯޑަރު ބަންދުކުރުމުގެ ކުރިން އެގައުމުން 62,000ށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

- ކޮމެންޓް