ކ. މާލެ
|
22 ޖުލައި 2021 | ބުރާސްފަތި 19:00
ޑޯޓްމަންޑުގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑާއި ބަޔާނުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ
ޑޯޓްމަންޑުގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑާއި ބަޔާނުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ
ގެޓީ އިމޭޖަސް
ލެވަންޑޯސްކީ ހޯދަން މަސައްކަތްކުރުން
ހާލަންޑުގެ ބަދަލުގައި ޗެލްސީން ލެވަންޑޯސްކީއަށް ފާރަލަނީ
 
ލެވަންޑޯސްކީ ބަޔާނުގެ އެއްބަސްވުމުގައި ހުރީ 2023 ގެ ނިޔަލަށް
 
ލެވަންޑޯސްކީ ގަތުމަށް ޗެލްސީން 42 މިލިޔަން ޔޫރޯ ޚަރަދުކުރާނެ

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮރުޝީއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑުގެ ބަދަލުގައި ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ގެންނަން ޗެލްސީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 20 އަހަރުގެ ހާލަންޑް ގަތުމަށް ޗެލްސީން އެންމެ ފުރަތަމަ މަސައްކަތްކުރި ނަމަވެސް، މި ހޫނު މޫސުމުގައި ހާލަންޑް ވިއްކާނަމަ، އޭނާ ވިއްކަން ޑޯޓްމުންޑުން ކަނޑައަޅާފައިވާ އަގަކީ 180 މިލިޔަން ޔޫރޯ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ހާލަންޑުގެ ބަދަލުގައި އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ ހޯދަން ޗެލްސީން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ދާދި ފަހުން ޗެލްސީން ވަނީ ލެވަންޑޯސްކީގެ އޭޖެންޓާއެކު މަޝްވަރާކޮށްފައެވެ. ލެވަންޑޯސްކީ މި ވަގުތު ބަޔާނުގެ އެއްބަސްވުމުގައި ހުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ލެވަންޑޯސްކީ ގަތުމަށް ޗެލްސީން 42 މިލިޔަން ޔޫރޯ ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީން ލެވަންޑޯސްކީ ހޯދަން މަސައްކަތް ކުރަމުން އަންނައިރު، އޭނާ އަކީ މި ވަގުތު ޔޫރަޕުގައި ހުރި އެންމެ މޮޅު އެއް ފޯވާޑެވެ. އެގޮތުން މިދިޔަ ސީޒަނުގައި ލެވަންޑޯސްކީ ވަނީ 41 ލަނޑު ޖަހައި، ކުރީގެ އެއްވަަނަ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރިކޯޑު މުގުރާލާފައެވެ. މުލާ މި ރިކޯޑު ހަދާފައިވަނީ މީގެ 49 އަހަރު ކުރިން 1972 ވަނަ އަހަރުއެވެ. އެ ފަހަރު މުލާ 40 ލަނޑު ހަމަކުރިއިރު، އޭނާގެ ރިކޯޑު ލެވަންޑޯސްކީ މުގުރާލީ 29 މެޗުންނެވެ. މީގެ އިތުރުން ލެވަންޑޯސްކީ ވަނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިދިޔަ އަހަރު ހޯދާފައެވެ.

މީގެ ކުރިން ބޮރޫޝިއާ ޑޯޓްމުންޑަށްވެސް ކުޅުނު ލެވަންޑޯސްކީ ބަޔާނާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން ލެވަންޑޯސްކީ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 329 މެޗުގައި 294 ލަނޑު ޖަހާފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު ހަތް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
67%
0%
0%
0%
33%
ކޮމެންޓް