ކ. މާލެ
|
22 ޖުލައި 2021 | ބުރާސްފަތި 19:06
މިފްކޯއިން އަލަށް ގެނައި ސްޓޯރޭޖް ރީފަރ ކެރިއަރ
މިފްކޯއިން އަލަށް ގެނައި ސްޓޯރޭޖް ރީފަރ ކެރިއަރ
ރާއްޖެއެމްވީ
މިފްކޯ އައު ބޯޓު
މިފްކޯގެ އައު ސްޓޯރޭޖް ރީފަރ ކެރިއަރ ރާއްޖެ ގެނެސްފި
ކެރިއަރ ރާއްޖެ އައިސްފައިވަނީ، ބުރާސްފަތި ދުވަހު
ކިޔޫގައި ޖެހިގެން މަސްކިރުމަށް ހައްލު ލިބިގެންދާނެ

މިފްކޯގެ އައު ސްޓޯރޭޖް ރީފަރ ކެރިއަރ ރާއްޖެ ގެނެސްފިއެވެ.

މި ބޯޓަކީ މަސްވެރިން ބާނާ މަސް ހިފައިގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭ ގޮތަށް, މަސް ފިނިކޮށް ބެހެއްޓުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިފްކޯއިން ގެނައި ބޯޓެކެވެ. 2500 ޓަނުގެ މި ބޯޓުގައި ފިނިކޮށްފައި ހުންނަ މަސް ހިފައިގެން ރާއްޖޭގެ އެކި ސަރަހައްދަށާއި އަދި ރާއްޖެއިން ބޭރަށްވެސް ދަތުރު ކުރާނެ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ މި ސްޓޯރޭޖް ކެރިއަރ އަކީ ސްޓޯރޭޖަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ގަތް ބޯޓެއް ކަމަށާއި، ކުންފުނީގެ އަމިއްލަ ބޮޑު ސްޓޯރޭޖެއް އޮތުމުން އެކަމުގެ ފައިދާ ވާނެ ކަމަށެވެ. މިއާއެކު މޫސުމީ މަސްވެރިކަމުގެ ދުވަސްވަރު ކިއުގައި ތިބެގެން މަސް ކިރުމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މިއަހަރުގެ ކުރީކޮޅު މަސްވެރިކަން ރަނގަޅު ވުމާއެކު، މަސްކިރުމަށް ދަތިތަކެއް ދިމާވުމުގެ ޝަކުވާ މަސްވެރިން ކުރިއެވެ. އޭރު މިފްކޯއިން ބުނީ، މަސް ކިރާ ވަރު ލިމިޓްކުރަން ޖެހުނީ، މަސް ފިނިކޮށް ބެހެއްޓުމުގެ ޖާގައިގެ ދަތިކަން ހުރުމުން ކަމަށެވެ.

ތައިލެންޑުން ގަތް މި ބޯޓު މާލެ ގެނައީ ބުރާސްފަތި ދުވަހުގެ ހަވީރެވެ. ފައުޒީ ވިދާޅުވީ، މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި، އިންޑިއާގެ އެހީގައި ފެލިވަރުގައިވެސް 4000 ޓަނުގެ މަސް ރައްކާކުރެވޭނެތަނެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އުތުުރުގައިވެސް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފައުޒީ ފާހަގަކުރެއްވިއެވެ.

- ކޮމެންޓް
26 ޖުލައި 2021 | ހޯމަ 11:13
ރާއަލިފް
ތީ މޯޑީގެ އެއްޗެއް ވެއްޓުނީމާ ގެންދާނެ
23 ޖުލައި 2021 | ހުކުރު 13:41
ބޮސް
މިޔޯމެންނަށް ހެޔޮ އެއގޮތެއް ނޯވޭ. ބޯޓެއް ގެނެސްފިއްޔާ ބުނާނެ ކީއްކުރަންގެނައި ެއްޗެއްހޭ. ނުގެނެސްފިއްޔާ ބުނާނެ ބޯޓެއް ހޯދޭހަަ ފެންވަރުވެސް ނެތީހޭ. މިމީހުންގެ ބަސްމަގު ެންމެ ވައްތަރީ ޔަހޫދީންނާ.
23 ޖުލައި 2021 | ހުކުރު 01:10
މަސްވެރީޒް
ހާދަ ބާވެފަ އޮތް ބޯޓެއް ފާޑު ޖަހައޭ.. އިންޑިޔާ ނޫން ގޮތަކަށް މިފްކޯގެ ސްޓޯރޭޖްވެސް ބޮޑުކޮށްލެވޭނެ ގޮތެއް ނެތް ދޯ.. ނިކަން ޒަމާނާ އެއްގޮތަށް ބޯޓުގެ އަޑީގަ މަސް ފިނިކޮށް ބަހައްޓާ ސްޓޯރޭޖް ބައިންދާފަ މަތީގަ މަސް ޕްރޮސެސްކުރާ ފެކްޓްރީއެއް ހަދާލަބަލަ.. އޭރުން ބޯޓުން ގޮސް ބާލާނީ ބަންދުކޮށްފަ ހުންނަ ދަޅުމަސް.. ކިހާ ހަރަދު ކުޑަވެފަ ފަސޭހަ އޭރުން... މަހާ ޖައްރާފު ގޮތަށް މިވެސް ކުރެވިދާނެ ކަމެއް