ކ. މާލެ
|
20 ޖުލައި 2021 | އަންގާރަ 19:39
ރައީސް މުޙައްމަދު ނަޝީދު
ރައީސް މުޙައްމަދު ނަޝީދު
ސޯޝަލް މީޑިއާ
މައްސަލައަކީ މިފަހަރު ކޯލިޝަން ނުރޫޅުން
މައްސަލައަކީ މިފަހަރު ކޯލިޝަން ނުރޫޅުން؟
 
އެއް ވެރިކަން ނިމުނީ އެންމެން ނުކުމެ މަގުމަތިން
 
އަނެއް ވެރިކަން ނިމުނީ އެންމެން މަގުމައްޗަށް ނެރެން ރައްޔިތުން އެއްބަސް ކިޔާ ނިކުމެގެން
 
2008ވަނަ އަހަރު ލިބިވަޑައިގެންނެވި ވެރިކަން 2012ވަނަ އަހަރު ވެއްޓުން ހަނދާނަކީ ދިވެހިންގެ ނުފިލާނެ ހަނދާނެއް

ރާއްޖޭގެ ސިޔާސީ މައިދާނަށް ބަލާއިރު ފެންނަން އޮތް، ދޮގު ނުކުރެވޭނެ އެއް ހަގީގަތް އެބައޮތެވެ. ރިޔާސީ-ބަރުލަމާނީ ވޯޓަކަށް ފަހު ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަން ވެއްޓުނު ފަހުން އަދި މި ގައުމަށް ކޯލިޝަނަކުން ނޫން ގޮތަކަށް ރައީސަކު ވެރިކަމަށް އައިސްފައި ނުވާ ކަމެވެ. ނަމަވެސް އެއާވިދިގެން އަންނަ އެހެން ކަމެއް އަދި އެބައޮތެވެ. އެއީ ފަސް އަހަރުގެ ދައުރަކަށް ދިގުދެމިގެންދާ ކޯލިޝަން ވެރިކަމެއް ވެސް އަދި ނުފެންނަ ކަމެވެ.

އެންމެ ފުރަތަމަ ކޯލިޝަން ވެރިކަމެއްގައި ގައުމުގެ ވެރިއަކަށް އައީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ރައީސް މުޙައްމަދު ނަޝީދެވެ. އެ ވެރިކަމުގެ ނަތީޖާ ވަރަށް ވެސް ހިއްޗެވެ. 2008 ވަނަ އަހަރު ލިބިވަޑައިގެންނެވި ވެރިކަން 2012 ވަނަ އަހަރު ވެއްޓުން ހަނދާނަކީ ހަމަ ޔަގީނުން ދިވެހިންގެ ހިތުން ނުފިލާނެ ހަނދާނެކެވެ. ވެރިކަމަށް އައި ކޯލިޝަން ރޫޅި، ކޯލިޝަނުގެ ބައިވެރިން ވެސް ދެބަސްވެ މުޅި ގައުމު ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލައި، ވެރިކަން ވައްޓާލީއެވެ. އެއީ ބަޣާވާތެއް ނޫންކަމަށް ބަޔަކު ނިންމާފައި އޮތަސް އަދިވެސް އެއީ ބަޣާވާތެއްކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

ދެން ވެސް އައީ ހަމަ ކޯލިޝަން ވެރިކަމެކެވެ. 2013ވަނަ އަހަރު ރައީސް ޔާމީން ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގަތުމަށްފަހު ފެނުނީ، އެމަނިކުފާނު އަމިއްލަފުޅަށް ކޯލިޝަން އެފުށް މިފުށަށް ޖެއްސެވި މަންޒަރެވެ. އެކި ޚިޔާލުތަފާތުވުންތަކުގައި ސިޔާސީ ވެރިން އެއްބަޔަކު އަނެއް ބަޔަކާ ވަކިވެގަނެ ނިމުނުއިރު، ދެން އެންމެން ހޯދަން ޖެހުނީ ޖަލު ގޮޅިންނެވެ. މިނިވަންކަމުގެ ނޭވާއެއް ލަމުން އައި ހަމައެކަނި ސިޔާސީ ވެރިއަކަށް ހުންނެވީ އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނެވެ.

އެއް ވެރިކަން ނިމުނީ އެންމެން ނުކުމެ މަގުމަތިންނެވެ. އަނެއް ވެރިކަން ނިމުނީ އެންމެން މަގުމައްޗަށް ނެރެން ރައްޔިތުން އެއްބަސް ކިޔައި، ނިކުމެގެންނެވެ. ދެން ވެސް އައީ ބޮޑު ކޯލިޝަކެވެ. މިހާރު ހިނގަމުން މިދާ ސަރުކާރުގެ ހަތަރު ވެރިންނާއި ހަތަރު ޕާޓީއެވެ. މި ހުރިހާ ކޯލިޝަނެއްގައި ވެސް އެއްގޮތްވާ އެއްކަމެއް އެބައޮތެވެ. ނިމިދިޔަ ދެ ސަރުކާރުގެ ކޯލިޝަނުގައި ވެސް ހަމަ ތިއްބެވީ މި ލީޑަރުންނާއި މި ޕާޓީތައްކަމެވެ. އެކަމަކު ތަފާތަކީ ވެރިކަމުގެ މިހާ ހިސާބަށް ދިޔައިރު ދެބަސްވާ މަންޒަރު ނުފެނުމެވެ. ކޯޅުމާއި، ހަސަދަވެރިކަމާއި، ބާރުގެ ބޭނުމުގައި އުޅޭ ބައެކޭ ބުނާ ނަމަ، ވަކި މި ވެރިކަމުގައި އެކަން ނުފެންނަންވީ ކީއްވެ ހެއްޔެވެ. ބާރުތަކާއި މަގާމުތައް ބެހިފައި އޮތް ގޮތުން އެބުނާ ކޯލިޝަން ހަމަހަމަކަމެއްވެސް ފެންނާކަށް ނެތެވެ.

ކޮންމެއަކަސް މިއީ ރިކޯޑެކެވެ. ކޯލިޝަން ރޫޅިގެން ނުގޮސް މިހާ ދިގުދެމިގެން ދިޔަ މިއީ ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ވެރިކަމަށް 21 ދުވަސް ހަމަ ނުވަނީސް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ހޯމް މިނިސްޓަރ ކަމުން އިސްތިއުފާ ދެއްވައި، ކޯލިޝަނުން ވަކިވެވަޑައިގަތެވެ. ރައީސް ޔާމީންގެ ދައުރުގައިވެސް ކޯލިޝަނެއް ދެމި އޮވެ، ދެ އަހަރުވެސް ނުގުނައެވެ. ކޮރަޕްޝަނާއި އަނިޔާވެރިކަމާއި އަމިއްލަ އެދުމުގެ މައްސަލަތައް ދިޔައީ އަތް ނުފޯރާ ފަށުންނެވެ. މިވެރިކަމުގައި މިފެންނަނީ މި ހުރިހާ މަންޒަރަކާ ތަފާތު މަންޒަރުތަކެކެވެ. ފަހަރުގައި އޮޅު ކޮށްގެން ގެންގުޅެން އެނގޭ ވެރިއަކާ ޖެހުމުން އޮޅުވީ ކަމަށްވެސް ވެދާނެއެވެ.

ކޮންމެ ސަބަބެއް މިކަމުގައި އޮތަސް ކޯލިޝަން މިއިން ދުވަހަކު ވެސް ރޫޅެން ނެތްކަން މިއޮތީ ފެންނާށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މައި ޕާޓީ، އެމްޑީޕީ ތެރެއިން ވެސް އެތައް ކަމެއް ކުރިމަތިވެ އެތައް ފިއްތުންތަކެއް އައިނަމަވެސް ރައީސް ޞާލިޙު އިސްކުރެއްވީ ޚިދުމަތްތެރިކަމެވެ. ވެރިކަމަށް ވަޑައިތުމަށް މެދުވެރިވި ކޯލިޝަން ރޫޅާލުމަކީ އެމަނިކުފާނަށް ހައްލެއް ނޫނެވެ.

ވެރިކަމުގެ ތެރޭގައި ޖަގަޑާ ގަނޑެއް ނުހިނގާތާ ލައްކަ ދުވަސްވެފައިވަނިކޮށް މި ކުޅިވަރެއް މި ފެށީ، މިވެރިކަން ގެންނަން ޖާނާ މާލުން ފިދާވެވަޑައިގެންނެވި ރައީސް ނަޝީދެވެ. މިހިސާބަށް ދިޔައީމަ އެންމެންގެ ވެސް އޮތީ އެއް ސުވާލެކެވެ. ކޯލިޝަނުން ބޭރުވެވަޑައިގެން ރައީސް ޔާމީންއާ ގުޅިވަޑައިގަންނަވާ ވާހަކަ ރައީސް ނަޝީދު ހަގީގަތުގައި މިދައްކަވަނީ ކީއްވެތޯއެވެ؟ މައްސަލައަކީ ކޮބައިތޯއެވެ؟ މައިބާރުގައި އެމްޑީޕީ އޮވެ އެމަނިކުފާނު ބޭނުންވާ ގޮތަށް ކަންކަން ނުވުންތޯ، ނޫނީ ކޯލިޝަނެއް ނުރޫޅި އަމާންކަމާ އެކު ސަރުކާރެއް ހިނގުންތޯ ވެސް މިއީ ސުވާލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
13%
4%
4%
9%
4%
65%
ކޮމެންޓް
21 ޖުލައި 2021 | ބުދަ 09:23
ގުއިއްޒު
ވައްކަން ކުރި މީހުންނަށް އިތުރަށް ވައްކަންކުރަން ފުރުޞަތު ދީފަ ބައިތިއްބާ. މީހުން މެރި މީހުންނަށް އިތުރަށް މީހުން މަރަން ފުރުޞަރު ދީފަ ބައިތިއްބާ. ދީނަށް ހަރުކަށިކަން ދައްކާ މީހުންނަށް އެފުރުޞަތު ދީފަ ބައިތިއްބާ. އޭރުން ކޯލިޝަނެއް ނުރޫޅޭނެ. ކޮމިޝަންތައް ހަދައިގެން ބޭކާރު ފައިސާތަކެއް ޚަރަދުކުރުން ނޫން ކޮންކަމެއް ވީ. އަނެއްކާވެސް އެފައިސާތަކާ އެ މުޖުރިމުން ހޯދައި އަދަބު ދޭނަމޭ ބުނީމަ ތާއީދުކޮށްގެން އަނެއްފަހަރު ހޮވަންވީ؟ ކިހާ ބޮޑުޚަރަދެއް މީ. ޥައުދުވާ ކަންކަން ނުކުރެވެންޏާ އުސްތިއުފާ ދިނުން އެންމެ މާތް މީހުންގެ ގޮތަކީ.
21 ޖުލައި 2021 | ބުދަ 00:38
އަހަންމާ
ކޮއްކޯ،ތީ މުޅިންވެސް ޗަރުކޭސް.