ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 11:59
ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
އަތޫފް އާތިފް
އީދު ބަންދާ ދިމާކޮށް އޮޕަރޭޝަން ހިންގުން
އީދު ބަންދާ ދިމާކޮށް މާލެސިޓީގައި ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާނެ- ފުލުހުން
 
ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކޮށްފައި
 
ކުށްމަދުކުރުމަށް މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ
 
އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ޚާއްސަ މަސައްކަތްތަކެއް ކުރާނެ

އަޟްހާ އީދު ބަންދާ ދިމާކޮށް މާލޭ ސިޓީގައި ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ކުރިއަށް މިއޮތް ބަންދު ދުވަސްތަކާ ގުޅިގެން މާލެ ސިޓީގައި ކުށްކުރުން އިތުރުވެދާނެ ކަމަށް ބަލައި ކުށްމަދު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް އޮފިސަރު ވިދާޅުވިއެވެ. 

މިއޮޕަރޭޝަންތަކާ ބެހޭ ގޮތުން ފުލުހުން ބުނީ އާންމުގޮތެއްގައި ހިންގާ ކުށުގެ ބާވަތްތަކާއި ކުށްތައް ހިނގާ ސަރަހައްދުތަކާ އަދި ވަގުތުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުށްމަދުކުރުމަށް މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އަދި ގޯތިގެދޮރާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކުގެ އިތުރުން އޮފީސް ތަކުން ވެސް ވައްކަންކުރަމުންދާތީ ވައްކަންކުރިޔަ ނުދިނުމަށް ނުވަތަ ވައްކަންކުރުން މަދަކުރުމަށް މާލެތެރޭގައި ދަންވަރުގެ ވަގުތުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވާނެ ކަމަށެވެ.

ފުލުހުން ބުނީ ވައްކަންތައް ހިނގިޔަ ނުދިނުމަށް، ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަންތިބޭ މީހުން އިތުރަށް ހޭލުންތެރި ކުރުވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި އާއިލާތަކާ ވަކިން އެކަނި ދިރިއުޅޭ އިސްރަށްވެހިން ފާހަގަކޮށް އެ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބަލައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރު ވެސް ފުލުހުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރިއެވެ. 

ދަތުރުފަތުރުކުރާ އުޅަނދުތަކަށް އަރުވާ އަދި އުޅަނދުތަކުން ބާލާފައި ހުންނަ މުދާ ވަގަށް ނަގާ މައްސަލަތަކަށް އަލިއަޅުވާލައި ފުލުހުން ބުނީ މިފަދަ މައްސަލަތައް ހިނގަމުންދާތީ އޮޑިވެރިންގެ ސަމާލުކަމަށް އެކަން ގެނެސް އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ސިނަމާލެ ބްރިޖާއި މަގުތައް އަދި ޕާކުތައް ހިމެނޭ ސަހަރައްދުތަކުގެ ކަފިހި ހުރަސްތަކުގައި ވެސް ޓްރެފިކް ފުލުހުން ބަންދުތެރޭގައި ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތައް ކުޑަކުރުމަށް ވެސް ޓްރެފިކް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުގައި ތިބޭ ބިދޭސީންނާ ގުޅިގެން ވައްކަންކުރާކަން ފާހަގަކޮށް ފުލުހުން ބުނީ އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތްތައް ކުރާނެ ކަމަށެވެ.

ޓެކްސީތަކަށް އަމިއްލަ ތަކެތި ދޫކޮށްލެވިގެން ވެސް ފުލުހުންނަށް މައްސަލަ ހުށަހެޅޭކަމާއި، އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ތިމާގެ އަމިއްލަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގެ ހުސްކޮށްފައި އެންމެން ފުރައިގެންދާނަމަ ގޭގައި އަލިކަމެއް ބެހެއްޓުމާއި ފެން ލިކުވުމާއި ގޭސް ލިކުވުންފަދަ ކަމަކާ ގުޅިގެން ވެސް ހާދިސާއެއް ހިނގުމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އޮފީސްތަކާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުފަދަ ތަންތާގައި ވެސް ގިނަ އަދަދަކަށް ފައިސާ ނުބަހައްޓައި ބެންކަށް ޖަމާކުރުމަށް ވަނީ އެދިފައެވެ.

މާލެ ސަރަހައްދުގެ އިތުރުން ކުށްމަދުކުރުމަށް އަތޮޅުތެރޭގައި ވެސް ފުލުހުން ހަރަކާތްތެރިވަމުންދާއިރު މިދުވަސްވަރު ދަތުރުކުރުން އިތުރުވާނެތީ ކަނޑުމަތީގައި މެރިން ޕޮލިސް ހަރާކާތްތެރިވާ މިންވަރު ވެސް އިތުރުވާނެ ކަމަށް ފުލުހުން ބުނެއެވެ. އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަންހުރި މިންވަރު ބަލައި އުޅަނދުތަކުގައި އިތުރަށް ރަނގަޅުކުރަންހުރި ކަންކަމުގެ މައުލޫމާތު އޮޑިވެރިންނާ ހިއްސާކުރަމުންދާނެ ކަމަށެވެ. ބަންދުތެރޭގައި ދަތުރު ދިއުމާއި މޫދަށް އެރުން ވެސް އިތުރުވާނެތީ ދަތުރު ދިއުމާއި މޫދަށް އެރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ކުޑަކުދިން މޫދަށް ގެންދާނަމަ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމާއި ކުދިން އުޅޭނޫޅޭ ގޮތް ގާތުން ބެލުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ގެ ހުސްކޮށްފައިދާނަމަ ގެ ބެލެހެއްޓުން ޒިންމާދާރުފަރާތަކާ ހަވާލުކުރުމާއި، ދަޅުދަނޑި ބޭރުގައި ނުބޭއްވުމަށާއި، ވައިގޮޅިއާ ދިމާއަށް ހުންނަ ދޮރުތަކާއި ޚާއްސަކޮށް ފާހާނާގެ ފެންލައިޓުން ވަދެގެން ވެސް ވައްކަންކުރާކަމާ، ވަގުންނަށް ނުވަދެވޭނެފަދަ ގޮތަކަށް ފެންލައިޓުތައް ވެސް ބަންދުކުރުމާއި ގޭގެ ކުޑަދޮރުތައް ވެސް ރަނގަޅަށް ތަޅުލުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ޕޮރޮމޯޝަންތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާހޯދުމުގެ ފޯނުކޯލުތައް ވެސް ލިބެމުންދާއިރު މިފަދަ ކަންކަމަށް ވެސް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް