ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 18:32
ޢިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ޢިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ރާއްޖެއެމްވީ
އިހަވަންދޫ ބަނދަރު
އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ދެމަސް ތެރޭގައި ނިމޭނެ- އެމްޓީސީސީ
 
ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފެށޭނެ
 
ބަނދަރު ބޮޑު ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް

ހއ.އިހަވަންދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ބަނދަރު ބޮޑުކުރުމަށް ކުރަމުން އަންނަ މަސައްކަތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ އެ ސައިޓަށް ޒިޔާރަތް ކުރައްވާފައެވެ. އާޒިމް ވިދާޅުވީ، ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ ރަށުގެ ކައުންސިލާ ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށްފަހު ރައްޔިތުން ބޭނުންވާ ބަދަލުތައްވެސް ހިމަނައިގެން ކަމަށެވެ. އާޒިމް ވިދާޅުވީ، އެރަށުގައި މިހާރު އޮތް ބަނދަރު އިތުރަށް ބޮޑުކުރުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ އެއްގަމު ތޮށީގައި ބްލޮކް ޖެއްސުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 284 މީޓަރ ބޭރުތޮށި ހެދުމާއި، 178 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 120 މީޓަރ ގްރޯއިން ޖެހުމާއި، 95 މީޓަރ އެއްގަމު ތޮށި ހެދުމާއި، ޕޭވްމަންޓް ހެދުމާއި، 2 ނެރު ބައްތި ޖެހުމާއި، ބަނދަރުގައި 27 ބައްތި ޖެހުމާއި، ރޭމްޕެއް ހެދުމާއި 2 މޫރިންގ ބްލޮކްސް ބެހެއްޓުމުގެ އިތުރުން އެއްގަމު ތޮށިން ބޭރުތޮށްޓަށް އެރުމަށް ވޯކްވޭއެއް ހެދުން ހިމެނެއެވެ.

51.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 400 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އިހަވަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސަބާހު ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫއާއެކު އިހަވަންދޫއަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

އިހަވަންދޫގައި މައިގަނޑު ގޮތެއްގައި ކުރަމުން އަންނަނީ މަަސްވެރިކަމެވެ. އިހަވަންދޫ އަކީ ތިންހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
19 ޖުލައި 2021 | ހޯމަ 11:29
ޢިހަވަން
ޝުކުރީއްޔާ