ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 15:39
ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެގައުމުގައި ކޮވިޑް ކޭސްތައް ވަނީ އިތުރުވާން ފަށާފައި
ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެގައުމުގައި ކޮވިޑް ކޭސްތައް ވަނީ އިތުރުވާން ފަށާފައި
އަލްޖަޒީރާ
ސިޑްނީގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރުން
ސިޑްނީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި
 
މުޅި ސިޑްނީ ލޮކްޑައުންކޮށްފައި ވަނީ ވަކިވަކި ސަރަހައްދުތަކުގައި ލޮކްޑައުން އިއުލާނުކޮށްފައި ވަނިކޮށް
 
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކޭސްތައް އިންތިހާއަށް މަތިވުން އެކަށީގެންވޭ

އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ސިޑްނީގައި ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

ސިޑްނީ ލޮކްޑައުން ކޮށްފައިވަނީ އެސިޓީގައި ކޮވިޑް19ގެ ޑެލްޓާ ވޭރިއަންޓްގެ ކޭސްތަކުގެ އަދަދު 110ށް އަރާފައި ވަނިކޮށެވެ. މިވޭރިއަންޓަކީ ނުރައްކާތެރި ވޭރިއަންޓަކަށް ވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކޭސްތައް އިންތިހާއަށް މަތިވުން އެކަށީގެންވެއެވެ. ސިޑްނީ އެއްކޮށް ލޮކްޑައުން ކޮށްފައި މިވަނީ އެ ސިޓީގެ ވަކިވަކި ސަރަހައްދުތަކުގައި ލޮކްޑައުން އިއުލާނުކޮށްފައި ވަނިކޮށެވެ.

އެ ސިޓީގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ބުނާގޮތުން ޒަރޫރީ ބޭނުމަށް ޚިދުމަތްދޭ ވިޔަފާރިތައް ބަންދު ކުރަން އެންގުމާއި އޮފީސްތަކަށް މުވައްޒަފުން ހާޒިރުކުރަން އަންގާނަމަ ޖޫރިމަނާ ވެސް ކުރެވޭނެއެވެ، މީގެ އިތުރުން އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓާލުމާ އެފަދަ އެހެނިހެން މަސައްކަތްތައް ކުރުން ހުއްޓާލުމަށް އަންގާފައިވެއެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމުގައި އޮސްޓްރޭލިއާއިން މިސާލު ދައްކަމުން ދިޔަ ނަމަވެސް ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެގައުމުގައި ކޮވިޑް ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ކޭސްތައް އިތުރުވާން ފެށުމުން ބޯޑަރު ބަންދުކުރުމާއި ލޮކްޑައުން އިއުލާން ކުރުމާއި ސޯޝަލް ޑިސްޓެންސިންގެ ފިޔަވަޅުތައް އެގައުމުން ދަނީ އަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް