ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 11:43
ސަރުކާރުގެ ގިނަ މިނިސްޓްރީތައް ހިންގަމުންދާ ވެލާނާގެ
ސަރުކާރުގެ ގިނަ މިނިސްޓްރީތައް ހިންގަމުންދާ ވެލާނާގެ
މުހައްމަދު ޝަރުހާން
ވިޔަފާރި ރަޖިސްޓްރީ ކުރުމާބެހޭ ޚިދުމަތްތައް
އީދު ބަންދުގައިވެސް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބައެއް ޚިދުމަތް ލިބޭނެ
 
ވިޔަފާރި ރަޖިސްޓްރީކުރުމާ ގުޅޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށް
 
21 އަދި 27 ޖުލައި ދެ ދުވަހު، ހެނދުނު 9:00ން ހަވީރު 4:00ށް ބައެއް ޚިދުމަތްތައް ލިބޭނެ

އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ވިޔަފާރި ރަޖިސްޓްރީ ކުރުމާބެހޭ ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކަށ،ް 21 ޖުލައި 2021 އަދި 27 ޖުލައި 2021 މި ދެ ދުވަހު، ހެނދުނު 9:00ން ހަވީރު 4:00ށް ބައެއް ޚިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ނަން ރިޒާރވް ކުރުން، ވިޔަފާރި ނަން  ރަޖިސްޓްރީ ކުރުމާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި، ކުންފުނި ރަޖިސްޓްރީ ކުރުމާއި، ޕްރޮފައިލް ޝީޓް ދޫކުރުން އަދި ސީލް ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓްރީކުރުމާ ގުޅޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މިމިނިސްޓްރީގެ އޮންލައިން ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދޭނީ business.egov.mv މި ލިންކް މެދުވެރިކޮށެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާބެހޭ މައުލޫމާތު ސާފުކުރުމަށް[email protected] އަށް އީމެއިލް ކުރުމަށް ވެސް އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
100%
0%
0%
0%
0%
0%
ކޮމެންޓް