ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 07:37
ކޮވިޑާއި ގުޅިގެން ޤައިދީންގެ އާއިލާތަކަށް ޖަލަށް ޒިޔާރަތްކުރުން އޮތީ އެއްކޮށް މެދު ކަނޑާލާފައި
ކޮވިޑާއި ގުޅިގެން ޤައިދީންގެ އާއިލާތަކަށް ޖަލަށް ޒިޔާރަތްކުރުން އޮތީ އެއްކޮށް މެދު ކަނޑާލާފައި
ކަރެކްޝަން ސަރވިސް
ޤައިދީންގެ އާއިލާތަކަށް ޖަލަށް ޒިޔާރަތްކުރުން
ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް، ގައިދީންގެ އާއިލާތަކަށް މިހާރު ޖަލަށް ޒިޔާރަތްކުރެވޭނެ
 
ޖަލުގައި ތިބި ހައިރިސްކް ގައިދީންވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ގެއަށް ބަދަލުކޮށްފައި
 
ކޮވިޑާއި ގުޅިގެން ގައިދީންގެ އާއިލާތަކަށް ޖަލަށް ޒިޔާރަތްކުރުން އޮތީ އެއްކޮށް މެދުކަނޑާލާފައި
 
އާއިލާ މެމްބަރުންނާއި ވަކީލުން ޖަލަށް ޒިޔާރަތްކުރުމުގައި އަމަލުކުރާނެ އުސޫލެއް ވަނީ އެކުލަވާލާފައި

ގައިދީންނާއި ބަންދު މީހުންގެ އާއިލާ މެމްބަރުންނާއި ވަކީލުން ޖަލަށް ޒިޔާރަތްކޮށް ބައްދަލުކުރުމުގެ ފުރުސަތު ޚާއްސަ އުސޫލެއްގެ ދަށުން ކަރެކްޝަނުން ހުޅުވާލައިފިއެވެ.

ގައިދީންގެ އާއިލާތަކަށް ޖަލަށް ޒިޔާރަތްކުރުމުގެ ފުރުސަތު އަލުން މި ހުޅުވާލީ ކޮވިޑާއި ގުޅިގެން އެކަން މެދުކެނޑިފައި އޮތުމަށްފަހުއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސްއިން ވަނީ ކޮވިޑްގެ އައު އާންމު ހާލަތުގައި ގައިދީންގެ އާއިލާތަކާއި ވަކީލުން ޖަލަށް ޒިޔާރަތްކުރާއިރު އަމަލުކުރާނެ އުސޫލެއް ކަނޑައަޅާފައެވެ. މި އުސޫލު ބުނާގޮތުން ގޮތުން އެއްވެސް ގައިދީއެއްގެ އާއިލާ މެމްބަރަކަށް ނުވަތަ ވަކީލަކަށް ޖަލަށް ޒިޔާރަތްކުރެވޭނީ ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާނަމައެވެ. އަދި ޖަލަށް ޒިޔާރަތްކުރާ ދުވަހު 72 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާވެސް ހުށައަޅަންޖެހޭނެކަމަށް ކަރެކްޝަނުން ބުނެއެވެ. އައު އުސޫލު ބުނާގޮތުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ޖަލަށް ޒިޔާރަތްކުރާނަމަ އެކުއްޖާގެވެސް 72 ގަޑިއިރުގެ ނުވާ ޕީސީއާރުގެ ނަތީޖާ ހުށައަޅަންވާނެއެވެ.

އާއިލީ ބައްދަލުވުންތަކަށް ހުއްދަ ދެނީ އެއްފަހަރާ އެންމެ ގިނަވަގެން 5 މީހުންނަށެވެ. މި އަދަދު ގުނާނީ އެ ބައްދަލުވުމުގައި ބައިވެރިވާ ކުޑަކުދިންވެސް ހިމަނައިގެންކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި ޖަލުގައި ނުވަތަ ބަންދުގައި ހުރި މީހަކާއި ބައްދަލުކުރަން އެއް ފަހަރާ އެންމެ ގިނަވަގެންދެވޭނީ 3 ވަކީލުންނަށެވެ.

ބައްދަލުވުންތައް ފެށުނީއްސުރެ ނިމެންދެން ޖަލަށް ޒިޔާރާތްކުރާ އާއިލީ މީހުންނާއި ވަކީލުން މާސްކު ނަގައިގެން ނުވާނެކަމަށްވެސް ކަރެކްޝަނުންގެ އުސޫލުގައިވެއެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ މާސްކު ނަގަން ޖެހިއްޖެނަމަ 3 ފޫޓް ދުރުމިން ބަހައްޓަން ޖެހޭނެކަމަށާއި މި އުސޫލަތަކާއި ޚިލާފުވެއްޖެނަމަ ވަގުތުން ބައްދަލުވުން މެދުކަނޑާލެވޭނެކަމަށްވެސް ބުނެއެވެ.

ޖަލުގައި ތިބި ހައިރިސްކް ގައިދީންވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ގެއަށް ބަދަލުކޮށްފައެވެ. އެ ގައިދީން އަނބުރާ ޖަލަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް ކަރެކްޝަނުން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް