ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 03:29
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑްގެ ވެކްސިން ދިނުން
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑްގެ ވެކްސިން ދިނުން
ރާއްޖެއެމްވީ
ވެކްސިން އެޕޮއިންޓްމަންޓް ހެދުން
ވެކްސިން އެޕޮއިންޓްމަންޓް ނުހެއްދޭ މައިގަނޑު އެއް ސަބަބަކީ އައިޑީކާޑުގައި އިންނަ ގޮތަށް ނަން ނުޖެހުން!
 
އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނަންބަރު ރަނގަޅަށް ނުޖަހާނަމަވެސް އެޕޮއިންޓްމަންޓް ނުހެއްދޭނެ
 
ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ވެކްސިން ނޫން އެހެން ވެކްސިނެއް ޖަހާފައިވާނަމަވެސް އެޕޮއިންޓްމަންޓް ނުހެއްދޭނެ
 
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް book.hpa.gov.mv އަށް ދިއުމަށްފަހު އެޕޮއިންޓްމަންޓް ހެއްދޭނެ

ވެކްސިން އެޕޮއިންޓްމަންޓް ނުހެއްދޭ އެންމެ އާންމު އެއް ސަބަބަކީ އައިޑީކާޑު ނުވަތަ ޕާސްޕޯޓުގައި އިންނަގޮތަށް ނަން ނުޖެހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެ މަސްދުވަހުގެ މެދުކެނޑުމަކަށްފަހު ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ޖަހަމުން އަންނައިރު ދެވަނަ ޑޯޒް ޖަހައިދެމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް book.hpa.gov.mv އަށް ދިއުމަށްފަހު ވެކްސިން ޖަހާ މީހާއާ ބެހޭ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އެޕޮއިންޓްމަންޓް ބޭނުންވާ ތާރީޚާއި ގަޑި އިޚްތިޔާރުކުރެވޭނެ ކަމަށް އެޗް.ޕީ.އޭއިން ވަނީ ބުނެފައެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސް.އެމް.އެސް މެދުވެރިކޮށް އެކަން އަންގާނެކަމަށާއި، ފޯނަށް ލިބޭ އެސް.އެމް.އެސް ވެކްސިން ސެންޓަރަށް ދަންކަންޖެހޭނެކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ އެޕޮއިންޓްމަންޓް ނުހެއްދޭ އެހެން ސަބަބުތަކުގެ ތެރޭގައި އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނަންބަރު ރަނގަޅަށް ނުޖެހުން ހިމެނޭކަމަށެވެ. މީގެއިތުރުން އިހުތިޔާރުކުރި އެޕޮއިންޓްމަންޓު ތާރީޚާއި ގަޑިއަށް ހުރި ޖާގަތައް ފުރުން ނުވަތަ ގަޑި ފަހަނައަޅާ ދިޔުން ހިމެނޭކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެއިތުރުން ކަރަންޓީނުގައި ހުރި މީހަކަށްވުމާއި ކޮވިޑް-19ށް ޕޮޒިޓިވްވިތާ 28 ދުވަސް ފުރިހަމަވެފައިވުންވެސް އޭގެތެރޭގައި ހިމެނެއެވެ.

ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ވެކްސިން ނޫން އެހެން ވެކްސިނެއް ޖަހާފައިވާނަމަވެސް އެޕޮއިންޓްމަންޓް ނުހެއްދޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއިންކަމެއް ދިމާވެއްޖެނަމަ book.hpa.gov.mv ގައިވާ "talk to us" މެދުވެރިކޮށް މެސެޖެއް ކުރުމުން އެޗްޕީއޭއިން ގުޅައިގެން އެކަން ހައްލުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓް ކުރިން ވެކްސިން ސެންޓަރަށް ދިއުމަށް ސަމާލުވުމަށް އެޗް.ޕީ.އޭއިން ވަނީ އެދިފައެވެ. އަދި ގަޑިއަށް ހާޒިރުނުވެއްޖެނަމަ އެޕޮއިންޓްމަންޓް ކެންސަލްވާނެކަމަށާއި، އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމަންޓް ހަދަންޖެހޭނެކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

ވެކްސިން ޖަހަން ދާ ފަރާތްތަކުން އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުމަށާއި ވެކްސިން ކާޑު ގެންދިޔުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
100%
0%
0%
ކޮމެންޓް