ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 01:58
މާލެއަށް ބޯކޮށް ވާރޭވެހެނީ
މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ދެކުނަށް ވިއްސާރަކުރާނެ، އުދައެރުން އެކަށީގެންވޭ
 
ކަނޑުތައް ދެކުނުގައި މަޑުވާނެ އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަަކަށް މަޑުވާނެ
 
ހޮނިހިރު ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެ

ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށެވެ. މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ކަނޑުތައް ދެކުނުގައި މަޑު ވާނެ އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 1 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް