ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 19:33
ކޭއާރއެޗްގެ އައު އިމާރަތުގެ އެންމެ ފަހުގެ މައުލޫމާތު ރައީސާ ހިއްސާކުރެއްވުމުގެ ތެރެއިން
ކޭއާރއެޗްގެ އައު އިމާރަތުގެ އެންމެ ފަހުގެ މައުލޫމާތު ރައީސާ ހިއްސާކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައު އިމާރާތުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ
 
މަސައްކަތް ނިމުމުން ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ
 
މަސައްކަތް ސެޕްޓެމްބަރު މަހަށް ނިމޭނެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނިން ބުނީ ބާކިހުރި މަސައްކަތްތައް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރު އަންނަނީ 30 އެނދުގެ ވޯޑެއް ހެދުމާއި 6 އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއާއެކު ރީޖަނަލް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެއެވެ.

މީގެ އިތުރުން ގިނަ އައު ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން އެމްއާރުއައިގެ ޚިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރެޕީގެ ޚިދުމަތްފަދަ ގިނަ އައު ޚިދުމަތްތައް އެ ހޮސްޕިޓަލުގައި ވަނީ ފަށާފައެވެ.

ކުޅުދުއްފުއްޓަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވަނީ އަލަށް އަޅާ އިމާރާތުގެ މަސައްކަތް ބައްލަވާލައްވާފައެވެ.

ހޮސްޕިޓަލުގައި އަލަށް އަޅާ އިމާރާތް

ވޯރޑްތައް މަރާމާތުކުރުމާއި އޭސީ ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ހޮސްޕިޓަލް މަރާމާތު ކުރުމަށް މިހާރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ވޯރޑްތައް މަރާމާތު ކުރުމާއި ސީލިން ކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ 65 އިންސައްތަ މިހާރުވަނީ ނިމިފައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 2019ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. މި މަޝްރުއޫގެ ދަށުން ލެބޯޓްރީއަކާއި 30 އެނދުގެ ވޯރޑެއް އިމާރާތް ކުރުމާއި އޯޕީޑީއެއް ގާއިމްކުރުން ހިމެނެއެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 30.3 މިލިއަން ރުފިޔާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
50%
0%
0%
50%
0%
ކޮމެންޓް