ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 16:33
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ވަޑައިގަތުން
ރައީސް އޮފީސް
ރައީސްގެ ތިލަދުންމަތީ ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުއްޓަށް ވަޑައިގެންފި
 
ރައީސް ގެންދަވަނީ ސިލްސިލާ ގޮތެއްގައި ކައުންސިލްތަކާ ބައްދަލު ކުރައްވަމުން
 
ރައީސް ދެން ވަޑައިގަންނަވާނީ ކުމުންދޫއަށާއި ހަނިމާދޫއަށް
 
ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.

ރައީސްގެ މިދަތުރުފުޅަކީ ތިލަދުންމަތީގެ ތިން ރަށަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ކުރިއަށްދާ މަސައްކަތްތައް ބައްލަވާލާއްވައި އެ ހޮސްޕިޓަލުގެ ވެރިންނާ ބައްދަލު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާއެކު ތަރައްގީގެ މަޝްރޫއުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރައްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ފަސް ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕިޓަލެވެ.

ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ 2 އަހަރުގެ ތެރޭގައި އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ޕިޒިއޮތެރަޕީގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އާލާތްތައް ބަހައްޓައި ޚިދުމަތްދޭން ވަނީ ފަށާފައެވެ. އީއެންޓީ އަދި ލޮލުގެ ފަރުވާގެ ޚިދުމަތްވެސް މިހާރުވަނީ އެ ހޮސްޕިޓަލުގައި ފަށާފައެވެ.

އެމްއާރްއައި މެޝިން ބަހައްޓައި ޚިދުމަތް ދިނުމަށް ފަށާފައިވަނީ މި އަހަރުގެ މާޗް މަހުއެވެ. ސީޓީ ސްކޭންގެ ޚިދުމަތާއި ދެ ތިއޭޓަރުން އޮޕަރޭޝަން ކުރެވޭނެ އިންތިޒާމްތައް މިހާރު އެ ހޮސްޕިޓަލުގައި ވަނީ ހަމަޖެހިފައެވެ.

ޕަލްމޮނިލޮޖީ އަދި ސްޕީޗް ތެރަޕީގެ ޚިދުމަތްވެސް މިހާރުވަނީ ފަށާފައެވެ. ސައިކޭޓްރިކް ޚިދުމަތްވެސް މިހާރުވަނީ ފަށާފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ބައްޔަށް ޓެސްޓްކުރުމަށް ޕީސިއާރް ލެބްގެ ޚިދުމަތްވެސް އެ ހޮސްޕިޓަލްގައި ވަނީ ފަށާފައެވެ.

ހިތުގެ ބައްޔަށް ފަރުވާ ދިނުން އެ ހޮސްޕިޓަލުގައި ފަށާފައިވަނީ 2019ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 11ވަނަ ދުވަހުއެވެ.

ވާރޑްތައް މަރާމާތުކުރުމާއި އޭސީ ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ހޮސްޕިޓަލް މަރާމާތު ކުރުމަށް މިހާރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ވާރޑްތައް މަރާމާތު ކުރުމާއި ސީލިން ކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ 63 އިންސައްތަ މިހާރުވަނީ ނިމިފައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 2019ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. މި މަޝްރުއޫގެ ދަށުން ލެބޯޓްރީއަކާއި 30 އެނދުގެ ވާރޑެއް އިމާރާތް ކުރުމާއި އޯޕީޑިއެއް ގާއިމްކުރުން ހިމެނެއެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 30.3 މިލިއަން ރުފިޔާއަށެވެ.

ކުޅުދުއްފުށީގައި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 2021 ވަނަ އަހަރު 37 މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު މީގެތެރެއިން 8 މަޝްރޫއެއްގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ.

2021 ވަނަ އަހަރުގެ ބަޖެޓްގައި ޖުމްލަ 146.8 މިލިއަން ރުފިޔާގެ މަޝްރޫއު ވަނީ ހިމަނާފައެވެ.  

ކުޅުދުއްފުށީގައި 15،000ށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
50%
0%
0%
0%
50%
ކޮމެންޓް