ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 12:24
ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓު،
ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓު،
ވެލާނާ އެއާޕޯޓް
ފަތުރުވެރިއަކު ވަޒަން ގެންގުޅުން
ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި ފަތުރުވެރިޔާގެ ބަންދަށް އިތުރު ހަތަރު ދުވަސް
 
އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވޭ
 
މި މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުން
 
ވަޒަން ފެނިފައިވަނީ ނެމީބިއާގެ 60 އަހަރުގެ ފަތުރުވެރިއެއްގެ ދަބަހުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި ފަތުރުވެރިޔާގެ ބަންދަށް އިތުރު ހަތަރު ދުވަސް ޖަހައިފިއެވެ.

އޭނާގެ ބަންދަށް އެންމެ ފުރަތަމަ ތިން ދުވަސް ޖަހާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މިކަމާ ގުޅޭ މައުލޫމާތު ރާއްޖެއެމްވީއަށް ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދަށް އޭރު ދިން މުއްދަތު ހަމަވެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު ހަތަރު ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ވަޒަން ފެނިފައިވަނީ ނެމީބިއާގެ 60 އަހަރުގެ ފަތުރުވެރިއެއްގެ ދަބަހުން ކަމަށެވެ. ނެމީބިޔާއަކީ އެފްރިކާގެ ހުޅަނގު ދެކުނު ބިތުގައިވާ ގައުމެކެވެ. އެ މައްސަލަ ފުލުހުންނަށް ލިބިފައި ވަނީ މި މަހުގެ 10ވީ ހޮނިހިރު ދުވަހުގެ ހެނދުނު 9:52 ހާއިރު ކަމަށާއި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި އާންމުން މިގޮތަށް ވަޒަން ފަދަ ތަކެތި ގެންގުޅުމަކީ ގާނޫނާ ޚިލާފު ކަމެކެވެ. އަދި އެފަދަ ތަކެތި ރާއްޖެ އެތެރެކުރުމަކީ ވެސް މަނާ ކަންކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
100%
0%
0%
0%
0%
0%
ކޮމެންޓް