ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 11:41
މަޖީދީ މަގު،
މަޖީދީ މަގު،
ރާއްޖެއެމްވީ
އީދު ދުވަހު ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅުން
ބޮޑު އީދު ދުވަހު ހަވީރު 4:00ން ރޭގަނޑު 8:00ށް ވެހިކަލް ނުދުއްވޭނެ
 
މިވަގުތުގައި ވެހިކަލް ދުއްވޭނީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް
 
މިކަމާ ގުޅިގެން މިހާރު ވަނީ ޓްރެފިކް ޕޮލިހާ މަޝްވަރާ ކުރެވިފައި
 
ވަގުތު ކަނޑައެޅީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު

އަޟްހާ އީދު ދުވަހު މާލެސިޓީގައި ހިނގާފައި އުޅޭ ވަގުތެއް މާލެސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އީދު ދުވަހު ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާފައި ކަމަށެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހިޔާލަށް ބެލުމަށްފަހު އަޟްހާ އީދު ދުވަހުގެ ހަވީރު 4:00ން ރޭގަނޑު 8:00ށް މާލެ ސިޓީގައި ހިނގާފައި އުޅޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން މިހާރު ޓްރެފިކް ޕޮލިހާ މަޝްވަރާ ކުރައްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެކި ކަހަލަ ޕޯލްތައް ސޯޝަލް މީޑިއާގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދާއިފިން. ކްލަބް ހައުސިންއިން ވެސް ބައްދަލުވުމެއް ބާއްވައިގެން މަޝްވަރާކޮށްފިން. މަޝްވަރާކޮށްފައި އަޅުގަނޑުމެން ނިންމީ އަޟްހާ އީދު ދުވަހު ހަވީރު 4:00ން 8:00ށް މާލެސިޓީގައި ހުރިހާ ސަރަހައްދެއްގައި ހިނގާފައި އުޅޭ ގޮތަށް.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު

އީދު ދުވަހު ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅި މައިގަނޑު މަގުސަދަށް އަލިއަޅުއްވާލައްވައި މުއިއްޒު ވިދާޅުވީ މާލެ އަކީ ތޮއްޖެހިފައިވާ ތަނަކަށްވާއިރު، މިފަދަ ދުވަހެއްގައި އާއިލާއާއެކު ބޭރަށް ނުކުމެ ހިނގާލަން ބޭނުންވާ އާއިލާތައް ވަރަށް ގިނަ ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، ވެހިކަލްގެ ބިރެއް ނެތި ބޭރުގައި އުޅުމުގެ ފުރުސަތު ގިނަ ބަޔަކު ބޭނުންވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުކުރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މުއިއްޒު އިލްތިމާސްކުރެއްވިއެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހަވީރު 4:00ން ރޭގަނޑު 8:00ށް ހިނގާފައި އުޅޭ ގޮތަށް ނިންމާފައިވާއިރު، މިވަގުތުގައި ވެހިކަލް ދުއްވޭނީ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އެ ވަގުތު ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުންދާނެ ކަމަށާއި، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކާއި މެދު ފިޔަވަޅުއަޅާނެއެވެ.

މީގެ ކުރިން ވެސް އީދު ދުވަސްތަކާ ގުޅިގެން މާލެ އަދި ވިލިމާލޭގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސާފައިވެއެވެ. މިގޮތަށް ހަމަޖައްސަނީ މާލޭގެ މަގުތައް ކާރޫބާރުބޮޑު މަގުތަކަކަށް ވެފައި އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ގިނަ އަދަދަކަށް މުސްކުޅިންނާއި ކުޑަކުދިން އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް މާލޭގެ މަގުތަކަށް ނިކުމެ އުޅޭ ވަގުތު މީހަކަށް ގެއްލުމެއް ލިބިދާނެތީއެވެ. އަދި އާއިލާއެކު އުފާވެރި މަޖާ ވަގުތު ކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ނައްތާލަން ބޭނުންވާ މުޞްޙަފުތަކާއި ދީނީ ފޮތްތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލުން ބަލައިގަންނަނީ
އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި
އައިކޮމްގެ ބޭނުމެއް ނެތް، މައުލޫމާތު ނުދީ ހިފަހައްޓައި ޤާނޫނު މުގުރަނީ ދައުލަތުގެ އެންމެ މަތިން
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން