ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 12:15
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތައް،
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތައް،
ރާއްޖެ އެމްވީ
ހިޔާ މަޝްރޫއުގެ ފިނިޝިންގެ މަސައްކަތް
ހިޔާ މަޝްރޫއު: ފިނިޝިންގެ މަސައްކަތްތައް ކުރުމަށް ނުވަ މަހަށް އިތުރުކޮށްދިނުމަށް އެދިއްޖެ
 
ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓްގައި ސޮއިކުރަން މިހާރު ވަނީ ފަށާފައި
 
މުއްދަތު އިތުރުކޮށްދިނުމަށް ރައްޔިތުން އެދެމުންދޭ
 
ތިން މަސްދުވަހަކީ އެމަސައްކަތަށް އެކަށީގެންވާ މުއްދަތެއް ނޫން

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ ފިނިޝިންގެ މަސައްކަތައް ކުރުމަށް ނުވަ މަސް ދުވަހަށް އިތުރުކޮށް ދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ ތިން މަސް ދުވަހަކީ އެމަސައްކަތްތައް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. މުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ ފަރާތުން ވެސް އެދެމުންދާތީ އެތިން ތިން މަސް ދުވަސް ނުވަ މަސް ދުވަހަށް އިތުރުކޮށްދިނުމަށް އެދި ސަރުކާރަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު އެގޮތަށް ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކޭ ކަމަށެވެ. އަދި ސަރުކާރުން ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ)އަށް އެގޮތަށް އަންގާނެ ކަމަށް އުންމީދުކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރު ސިޔާސަތު އެގޮތަށް ބަދަލުކޮށްދެއްވައި އެގޮތަށް އެޗްޑީސީއަށް އަންގައިދިނުމަށް އެދެން. ތިން މަސް ދުވަހަކީ ކުރުމުއްދަތެއް ކަމަށްވާތީ އެމުއްދަތު ނުވަ މަސް ދުވަހަށް ހައްދަވައިދެއްވަން. އޭރުން ރައްޔިތުންނަށް އަނެއްކާ ވެސް އިތުރު ލުއެއް ލިބިގެންދާނެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓްގައި ސޮއިކުރަން މިހާރު ވަނީ ފަށާފައެވެ.

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރިނަމަވެސް، ތަނުގެ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ 3 މަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ، ކަރަންޓުގެ މަސައްކަތް ނިމުމުން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އެގްރީމެންޓްގައި ސޮއިކުރުމަށްފަހު، ތަނުގެ ތަޅުދަނޑި ވެރިމީހާއާ ހަވާލުކޮށް، ތަން ހަވާލުކުރި ކަމުގެ ލިޔުން ދެނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ. އެއާއެކު ފްލެޓަށް ގެންނަވާ އިތުރު ބަދަލުތައް ގެނައުމަށް ޚާއްސަ ހުއްދައަށް އެދޭ ފޯމާއި، ފެން ގުޅުމުގެ މަސައްކަތް ވެސް އެ ސަރަހައްދުން ވަގުތުން ފުރިހަމަ ކޮށްދެއެވެ. ތަނުގެ ވެރިމީހާގެ ހާޒިރުގައި ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް އަންނަނީ ވަގުތުން ކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި
އައިކޮމްގެ ބޭނުމެއް ނެތް، މައުލޫމާތު ނުދީ ހިފަހައްޓައި ޤާނޫނު މުގުރަނީ ދައުލަތުގެ އެންމެ މަތިން
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
އިންތިޚާބާއި ދިމާކޮށް ކައުންސިލްތަކަށް ފަޅުރަށްްތައް ބައްސަވަނީ ގޮތް ހުސްވެގެންތޯ؟
މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭން އެމްޑީޕީން އިދާރާތަކަށް ގޮވާލައިފި